ސަރުކާރުން މަޖްލީހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގައި 24 މިލިޔަނން ރުފިޔާ ކަރަންޓު އަގުހެޔޮ ކުރުމަށް ހިމަނައިފިއެވެ.ޖުމްލަ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓުން 24 މިލިޔަން ރުފިޔާ ކަރަންޓު އަގުހެޔޮ ކުރަން ހިމަނާފައިވާ އިރު، އެފަދަ އެހެން ކަންކަމަށް ވެސް ވަނީ ފައިސާ ހިމަނާފައެވެ. މިގޮތުން އެތެރޭގެ ދަތުރުފަތުރުގެ އަގު ހެޔޮ ކުރުމަށް 35 މިލިއަން ރުފިޔާ ހިމެނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.ކަރަންޓު އަގުހެޔޮ ކުރުމަށް އިތުރަށް ފައިސާ ހިމެނިއިރު، ކަރަންޓު އަގުހެޔޮ ކުުރުމަކީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން ނިންމެވިކަމެކެވެ. ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފިނަމަ ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 61.6 އިންސައްތައަށް އިތުރުވާނެއެވެ. މިއީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނާއި ހިލާފު ކަމެކެވެ. މިކަމާއި ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި އަހަރަށް ފާސް ކުރި ދައުލަތުގެ ބަޖެޓަކީ 30.2 ބިލިއަން ރުފިޔާއެވެ. މިހާތަނަށް އޭގެ ތެރެއިން 14.7 ބިލިއަން ރުފިޔާ ވަނީ ޙަރަދުކުރެވިފައެވެ. ކުރެވުނު ޙަރަދު ތަކުގެ ތެރެއިން ބޮޑު ބަޔަކީ ހިންގުމުގެ ހަރަދެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާއި ބަލާއިރު މި އަހަރު ގެ ފުރަތަމަ 7 މަސް ދުވަހު ހިންގުމުގެ ޙަރަދު ބޮޑުކަން ފާހަގަކޮށްލެވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ކަރަންޓް އަގުހެޔޮ ކުރަން ސަޕްލިމެންޓަރީ ބަޖެޓުގައި 24 މިލިއަން ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ