ރާއްޖޭގެ ބައެއް ސަރަަހައްދުތަކަށް މޫސުން ގޯސްވެ ހުދު އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރުނު އެލާޓްގައި ބުނެފައި ވަނީ، ހއ. އިން ފެށިގެން ބ އަތޮޅުގެ ރަށްތަަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި 35 މޭލު ބާރުމިނުގައި ވައިގަދަވާނެކަމަށްވެސް މެޓް އޮފީޙުން ބުންޏެވެ.
މެޓް އޮފީހުން އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:00އިން 13:00 އާއި ހަމައަށެވެ.
ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.
ބައެއް ސަހަރައްދުތަކަށް މޫސުން ގޯސްވެ ހުދު އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ