ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި އިންތިޚާބު ކުރަންވީ މިލިއަނަރުންކަމަށް މަހުޖަނު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދަންގެތީ ދާއިރާގެ ޖޭޕީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ކެމްޕެއިން އިވެންޓެއްގައި މިއަދު ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރާއިރު ކުރަންވީ އަމިއްލަ ހާލައިގެން އުޅެވޭ ފައިސާ ހުރި ފޯރުންތެރިން ކަމުގައެވެ. ގާސިމް ވިދާޅުވީ މަޖިލިސް މެމްބަރުން ރިޝްވަތަށް ނުހެއްލޭނީ އެ މެމްބަރުންނަކީ ފޯރާ ބަޔަކަށް ވެގެން ކަމުގައެވެ.
މަޖިލީހުގެ މިހާރުގެ ރައީސް ކަމުގެ މަޤާމުގައިވެސް ހުންނެވި ގާސިމް މިއަދު ވިދާޅުވީ މަޖިލީހަށް ހޮވަންވީ ޖުމްހޫރީ ޕާޓީން ކުރިމަތިލާފައިވާ ފަދަ ތަސައްރަފު ފުދިފައިވާ ފުދުންތެރިން ކަމުގައެވެ.
ރިޝްވަތު ނުނަގާ މަޖިލީހުގައި ހިދުމަތް ކުރާނީ އެމަޖިލީހަށް އިންތިހާބުވާ މެމްބަރުންނަކީ މިނިއަނަރުންނަށް ވެގެންކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އަދި މީހަކު އަމިއްލައަށް ކައިގެން ބޮއެގެން އުޅެވޭނެ ވަރު ނެތް މީހުން މަޖިލީހަށް ކުރިމަތިލައިގެން ހޮވުނީމަ އަމިއްލަ ޒިންމާއެއް ނެތް މީހުން މަޖިލީހަށް ހޮވުނީމަ އަމިއްލަ ޖީބު ފުރުން ނޫނީ ބަލާނީ އަމިއްލައަށް ކަމެއް ކުރެވޭތޯކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މަޖިލީހަށް މިނިއަނަރުން ހޮވަންޖެހޭކަމަށް ގާސިމް ވިދާޅުވިއިރު، ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާކަމަށް ބެލެވޭ ވައްކަންތައް ބެލުމަށް އެކުލަވާލި ކޮމިޝަނަށް ބާރު ދިނުމަށް ހުށަހަޅާފައިވާ ބިލްގެ މަސައްކަތް އިދިކޮޅު ފަރާތްތަކާއި ގުޅިގެން ޖުމްހޫރީ ޕާޓީންވަނީ މިހާރުވެސް ހުއްޓުވާފައެވެ.
މަޖިލީހަށް އިންތިޚާބު ކުރަންވީ މިލިއަނަރުން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ