މިފަހަރު އީދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ

ރޯދަމަހުގެ އެންމެ ފަހު ދުވަހުގެ ހަވީރުން ފެށިގެން އީދު ދުވަހާއި ވަޅު އީދު ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ރާއްޖެ އަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާދަމާ ހަވީރުން ފެށިގެން 72 ގަޑިއިރަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ޖޫނ1 3 ގެ ހަވީރުން ފެށިގެން 72 ގަޑިއިރަށް ވިއްސާރަ ކުރާނެ ކަމަށާއި، މެދުތެރެ އާއި އުތުރުގެ އަތޮޅުތަކަށް ވައިގަދަ ވާނެ ކަމަށެވެ.
ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން، މެދުތެރެ އާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި
ކަމަށް ވެސް ބުނެފައި ވެއެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވެ، މެދުތެރެ އާއި އުތުރުގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަ ވާނެ ކަމަށް ވެސް މެޓް އޮފީހުން ލަދާ ކުރެ އެވެ.
މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން، އަދި ވަކިން ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތައް މޫސުމަށް ސަމާލުވާން ނަސޭހަތްތެރިވފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ