މޮރިޝަސް ކޮމާޝަލް ބޭންކުން ނަގާފައިވާ 1.5 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކައިގެން، ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފް ވެސް ހިމެނޭ ގޮތަށް، އެ ބޭންކުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ޑަބަލް ލެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ނެގި ލޯނުގެ މައްސަލާގައި މޮރިޝަސް ބޭންކުން ދައުވާކުރަނީ ޝަރީފްގެ އިތުރުން ހުސެއިން ރަޝީދު، މއ. ގޯލްޑަން ރޭ އާއި އަބްދުލް އަޒީޒު އަހުމަދު، މ. އޮކްސިޑެންޓަލް ވިލާގެ މައްޗަށެވެ.
ދައުވާގައި އެދިފައި ވަނީ ލޯނު ފައިސާގެ އިތުރުން އިންޓަރެސްޓާއި އެހެނިހެން ހަރަދުތަކަށް އަރާ މިންވަރު ނަގައިދިނުމަށެވެ. އަދި ލޯނު ނުދެއްކޭ ނަމަ ލޯނަށް ރަހުނުކޮށްފައިވާ މއ. ގޯލްޑަން ރޭ ވިއްކާލުމުގެ ހުއްދަ އަށް ވެސް އެދިފައިވެ އެވެ.
މި ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު 11:30 ގައި ބާއްވަން ތާވަލްކޮށްފައި އޮތް ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ބަލިވެ އުޅުއްވާތީ އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ބޭއްވި ބައިއިލެކްޝަން ކާމިޔާބުކުރައްވައި ތިމަރަފުށީ ދާއިރާގެ މެންބަރު ކަމަށް ޝަރީފް ވަޑައިގެންނެވީ ކުރިން އެ ދާއިރާގެ މެންބަރަކަށް ހުންނެވި މުހައްމަދު މުސްތަފާ (ތިމަރަފުށީ މުސްތަފާ)ގެ ސާބިތު ތަރަންޏެއްގެ މައްސަލާގައި ގޮނޑި ގެއްލުމުންނެވެ.
މުސްތަފާ އަށް ގޮންޑި ގެއްލުނީ އޭނާ ހިއްސާވާ ކުންފުންޏަކުން ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އިން ނެގި ލޯނެއް ހުކުމާ އެއްގޮތަށް ނުދެއްކި މައްސަލާގައި އޭނާ ޒިންމާވާން ޖެހޭ ކަމަށް ދަށު ކޯޓުތަކުން ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރުމުންނެވެ.
މެމްބަރު ޝަރީފް ހިމެނޭ މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ލޯނެއްގެ މައްސަލަ ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ