ރައްޔިތުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ހުށައެޅޭނީ 42 މެންބަރުންގެ ވޯޓާއެކު ކަމަށް ކަނޑައަޅައި ގަވާއިދަށް ބަދަލު ގެނެސްފައިވާއިރު އެ އަދަދު މިހާރު ހަމަވެއްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ކުނޫޒް ގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް ބޭނުންވާ އަދަދު ހަމަވެއްޖެ ކަމަށެވެ.
" އަޅުގަނޑަށް ކަށަވަރު އަމީން ވިދާޅުވިހެން އަދަދު ހަމަވެއްޖެ. އިރާދަކުރެއްވިއްޔާ އަދަދު ހަމަވެފައި އޮތީ އަޅުގަނޑުމެންނަށް އެނގިއްޖެ ކާމިޔާބުގެ ކޮޅުގައިކަން މިތިބީ ނާކާމިޔާބު ކޮޅަކު ނޫން ކަން މިތިބީ،" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް އެހެން ބުނެފައިވީނަމަވެސް ހަމަވެފައިވާ އަދަކީ ކޮބައި ކަމެއް ވިދާޅެއް ނުވެއެވެ. ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ވެސް ވިދާޅުވީ އަދަދު ހަމަވެއްޖެ ކަމަށެވެ.
މިހާރު ވައިރޯޅި ބަދަލުވެއްޖެ ކަމަށާއި ކުރިން އެދިމާލުން ދިޔަ ރޯޅި މިދިމާލަށް ބަދަލުވެ އޮޑިފަހަރުގެ މިސްރާބުވެސް ބަދަލުވެއްޖެ ކަމަށް އަމީން ވިދާޅުވިއެވެ.
އިތުބާރު ނެތްކަމުގެ ވޯޓު ހުށަހެޅުމަށް ބޭނުންވާ އަދަދު ހަމަވެއްޖެ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ