ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދެކަނބަލުން އަމިއްލަ ދަތުރުފުޅެއްގައި މިއަދު މެލޭޝިއާ އަށް ފުރާވަޑައިގެންފި އެވެ. މައުމޫން ގައުމުން ބޭރަށް މި ވަޑައިގަތީ ގާތްގަނޑަކަށް ފަސް މަހުންނެވެ. އެންމެ ފަހުން އެ މަނިކުފާނު ވަޑައިގަތީ އަނބިކަނބަލުންގެ ބޭސްފަރުވާއަކަށް އިންޑިއާ އަށެވެ.
މައުމޫން ގައުމުން ބޭރަށް ވަޑައިގެންނެވިއިރު އެ މަނިކުފާނުގެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް އެއްކޮޅުން ވާދަކުރައްވާ އުމަރު ނަސީރުގެ ކެމްޕޭން މިރޭ އާޓިފިޝަލް ބީޗުގައި ރަސްމީކޮށް އިފުތިތާހު ކުރާނެ އެވެ. އުމަރުގެ އަނެއް ވާދަވެރިޔާ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވާ މައުމޫންގެ ކޮއްކޯފުޅު އަދި މުލަކު ދާއިރާގެ އަބްދުﷲ ޔާމީންގެ ކެމްޕޭން ރަސްމީކޮށް އަދި ނުފެށި ނަމަވެސް ނުރަސްމީ ކެމްޕޭންތަކެއް އޭނާ ގެންދަވަނީ ކުރައްވަމުންނެވެ.
މައުމޫން ވިދާޅުވެފައި ވަނީ ޕްރައިމަރީގައި އެއްވެސް ފަރާތަކަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
މައުމޫން މެލޭޝިއާ އަށް ފުރާވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ