ރާއްޖޭގެ ބޮޑު ބަޔަކަށް މިިދިޔަ ހަފްތާއެއްގެ ތެރޭގައި މޫސުން ވަރަށް ބޮޑަށް ގޯސްވެ ބޯކޮށް ވާރޭވެހުނު ނަމަވެސް ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމުގައި މޫސުމާ ގައުމީ އިދާރާއިން ބުނެފި އެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން މޫސުމާ ގައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހު މައިގަނޑު ގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އުތުރަށް ކޮންމެވެސް ވަރަކަށް ވިއްސާރަ ވެހުން އެކަށީގެންވާ ކަމަށާއި ނަަމަވެސް މޫސުން އެހާ ގޯސްވާނެ ކަމަށް ލަފާނުކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ރާއްޖެއަށް މިހާރު ވައިޖެހެނީ ހުޅަނގު އުތުރުން 10 މޭލާއި 20 މޭލުގެ ބާރު މިނުގައި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ވައިޖެހޭ މިސްރާބު ހުޅަނގު ދެކުނަށް ބަދަލުވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖޭގެ މަތީގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެގެން ދިއުމާއި ގުޅިގެން މިތޫފާނަށް ވަނީ "ރޯނު"ގެ ނަން ދީފަ އެވެ.
މޫސުމާ ގައުމީ އިދާރާއިން ބުނީ ރޯނު ތޫފާން ރާއްޖެއާ ދުރަށް ގޮސް މިއަދު ހަވީރު ބަންގްލަދޭޝްއަށް ތޫފާންގެ އަސަރު ކުރަން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެއަށް މިދިޔަ ދުވަސް ތަކުގައި ކުރަމުންދިޔަ ވިއްސާރައިގައި 15 ރަށެއްގައި ފެންބޮޑުވެ އެކި ވަރުގެ ގެއްލުން ލިބިފައިވެ އެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނީ ތ. ތިމަރަފުއްޓަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ރަނގަޅުވާނެ: މެޓް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ