ކަރަންޓް ބިލަށް އައި ބަދަލުގެ ފައިދާ ސީދާ ގޮތުގައި ރައްޔިތުންނަށް ކުރާނެ: ޠާރިޤް

ކަރަންޓް ބިލަށް ދާދިފަހުން ގެނެވުނު ބަދަލުގެ ފައިދާ ސީދާ ގޮތުގައި ރައްޔިތުންނަށް ކުރާނެ ކަަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ނ. ހޮޅުދޫ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައި ދެއްވުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފަށްޓަވައި ދެއްވުމަށް ހޮޅުދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޠާރިޤް ވިދާޅުވީ ކަރަންޓް ބިލު ލިބޭއިރު ކުޑަ މިންވަރެއް ބޮޑުވެދާނެ ކަމަށާއި ނަމަވެސް އެކަމާއިމެދު ރައްޔިތުން ކަންބޮޑު ނުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޠާރިޤް ވިދާޅުވީ ކަރަންޓަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ދިނުން ހުއްޓައިލީ ސަބްސިޑީގެ ގޮތުގައި އެފައިސާ ދިނުމަށްވުރެ ބޮޑެތި ފައިދާތަކެއް އެފައިސާއިން ރައްޔިތުންނަށް ހޯދައިދިނުމަށް ކަމަށެވެ.
"ސާފު ބޯފެނާއި ނަރުދަމާ އާއި ބަނދަރު ހެދުމާއި ގޮނޑުދޮށްތައް ހިމާޔަތްކުރުން ފަދަ ރައްޔިތުންނަށް އިންތިހާއަށް ބޭނުންވެފައިވާ މުހިންމު އެތައް މަޝްރޫއުތަކަކަށް އެ ފައިސާ ދެން ޚަރަދުކުރެވޭނީ."
ޠާރިޤް ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ ހެޔޮ ގޮތުގައި މެނޭޖްކޮށްގެން ނޫނީ ރައްޔިތުންނަށް ބޭނުންވެފައިވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުންނާނެ ކަމަށާއި ސަރުކާރުން ބޭނުންވަނީ ހުރިދަތިތައް މެނޭޖްކޮށް ރައްޔިތުންގެ ބޭނުންތައް ވީހައި އަވަހަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ