ގިނަ މެމްބަރުން ތާއީދު ކުރަނީ މައުމޫނަށް: ފާރިޝް މައުމޫން

ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު އޮތީ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ކަމަށް އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫން ވަނީ ވިދާޅުވެފައެވެ.
ފާރިޝް ވިދާޅުވި ގޮތުގައި ޕާޓީގެ ތަކެތި އޮފީހުން ނެރެ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށަށް ގެންގޮސް، އިމާރާތަށް ގެއްލުން ދިނަސް ރައީސް މައުމޫނާއި އެމަނިކުފާނަށް ތާއީދުކުރާ މީހުންގެ އަޒުމް ނުގުޑާނެ ކަމަށެވެ. އަދި ޕާޓީގެ ގިނަ މެމްބަރުންނާއި ގިނަ ރައްޔިތުންގެ ތާއީދު އޮތީ މައުމޫނަށް ކަމަށްވެސް ފާރިޝް ވިދާޅުވިއެވެ.
ފާރިޝް މައުމޫން މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީން ފެކްޝަނުން ޕީޕީއެމް އޮފީސް ތަކެތި ނެރެ ތަން ހުސްކޮށްފައި ވަނިކޮށެވެ.
މީގެ އިތުރުން ރައީސް މައުމޫން ފަޅީގެ ބޭފުޅުން ޕީޕީއެމްގެ އޮފީހަށް ނުވައްދައި ރައީސް ޔާމީން ފަޅީގެ ބޭފުޅުން އޮފީހުގައި ހުރި ތަކެތި ނެރެގެން ގެންދިޔަ މައްސަލަ ރޭ ވަނީ ފުލުހަށް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ