އަަބަދު ހެޔޮ އަގުގައި ކަރަންޓްގެ ޚިދުމަތް ލިބޭނެ ކަމަށް ޤަބޫލު ނުކުރުމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ގޮވައިލައްވައިފިއެވެ.
ޠާރިޤް މިއަދު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް މިދުވަސްވަރު ހެޔޮވެފައިވީނަމަވެސް ތެލެކީ އަބަދު އެއް އަގެއްގައި ގަންނަން ލިބޭނެ އެއްޗެއް ނޫން ކަމަށާއި ތެޔޮ ގަންނަން ލިބޭ އަގާއި ގުޅިގެން ކަރަންޓުގެ އަގަށް ބަދަލު އަންނަމުންދާނެ ކަމަށެވެ.
ޠާރިޤް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެކުގެ އަގުހެޔޮވެފައިވުމުން އެކަމުގެ ފައިދާ ރައްޔިތުންނަށް ހޯއްދަވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވަނީ ކަރަންޓުގެ އަގަށް ަރަށް ރަނގަޅު ބަދަލެއް ގެނެސް ދެއްވައިފައި ކަމަށެވެ. ނަމަވެސް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވެއްޖެނަމަ މިހާރު އިއުލާނުކޮށްފައިވާ ކަރަންޓުގެ އަގަށް ބަދަލު އަންނާނެކަން ޤަބޫލުކުރަންޖެހޭނެ ކަމަށެވެ.
ޠާރިޤް ވިދާޅުވީ މިމައްސަލައަށް އޮތް ހައްލަކީ ކަރަންޓް ބޭނުންކުރުމުގައި ހޭލުންތެރިކަން އިތުރުކޮށް ވީހައި މަދު ކަރަންޓް ބޭނުންކުރުން ކަމަށެވެ. އެގޮތުން ޚަރަދު ކުޑަ ބޮކި ބޭނުންކުރުމާއި ކޮންމެހެން ބޭނުން ނެތް ކަރަންޓް ބޭނުން ނުކުރުމުގެ އާދަ ހަރުލެއްވުން ކަމަށެވެ.
"އެއިރުން ކަރަންޓުގެ އަގަށް ބަދަލެއް އައި ނަމަވެސް އެކަމުން ކުރާ އަސަރު ކުޑަކުރެވޭނީ." ޠާރިޤް ވިދާޅުވިއެވެ.
ޠާރިޤް ވިދާޅުވީ ކަރަންޓުގެ ޚަރަދުކުރުމަށް ނަމަވެސް ބޭރުގެ އެހީއެއް ލިބިއްޖެ ނަމަ އެއެހީއެއް ސަރުކާރުން ގެންދަނީ ރައްޔިތުންނާއި ހިއްޞާ ކުރަމުން ކަމަށެވެ. އެހެންކަމުން ބޭރުގެ އެހީ ލިބުމަށް ހުރަސް އެޅޭނެ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް ޠާރިޤް ވަނީ ގޮވައިލައްވައިފައެވެ.
އަބަދު ހެޔޮ އަގުގައި ކަރަންޓް ލިބޭނެ ކަމަށް ޤަބޫލު ނުކުރުމަށް ޠާރިޤް ގޮވައިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ