2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބް ރައީސް އަބްދުﷲ ޔާމީންއަށް ކަށަވަރުވެފައިވާ ކަމަށާއި، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް 2023 ވެސް ޔަގީން ކުރާނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ، ޕީޕީއެމް އަށް ވަނުމަށް ސަރުކާރު މުވައްޒިފުންނަށް ބިރުދައްކަމުން އަންނަ ކަމަށް ބުނެ އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރަށް ބަހުސް ކުރަައްވަމުންނެވެ.
އަދުރޭ ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ތަނަވަސް އަޣުލަބިއްޔަތުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށާއި، ޕީޕީއެމުން ނެރޭ ނަތީޖާގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ސިޔާސީ އެއްވެސް މީހަކަށް ޕީޕީއެމް އާއި ވާދަކުރަންވެސް ނުކެރޭނެ ކަމަށެވެ.
ޕީޕީއެމްއަކީ އެއްވެސް މީހަކު މަޖުބޫރު ކުރުވައިގެން މެންބަރުން ގިނަ ކުރާނެ ޕާޓީއެއް ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ، އެ ޕާޓީއަށް މެންބަރުން ގުޅެމުން އެ ދަނީ އަމިއްލަ ރުހުމުގައި އުފަލާއެކުގައި ކަމަށެވެ.
އަދި ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތަކީ އެ ޕާޓީގެ ކޮންމެ މެންބަރަކަށް ވެސް ކުރެވޭއިރު،މެޑަމް ފާތުން ކުރައްވަމުން އަންނަ މަސައްކަތަކީ މުޅި ޕާޓީ ފަހުރުވެރިވާ ކަމެއްކަމަށް އަދުރޭ ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީންއަށް އޮތީ ކަށަވަރުވެފައި - އަދުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ