މައުމޫން ކޯފާ އިސްކުރައްވާ ޕީޕީއެމް އޮފީސް ދޫކުރައްވާ ނިކުމެވަޑައިގެންފި

ޓްއަރިޒަމް ޤާނޫނަށް ހުށަހެޅި އިސްލާހް ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ވިސްނުންފުޅާއި ޚިލާފަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުން ވޯޓް ދެއްވައިގެން ފާސްކުރެއްވުމާއި ގުޅިގެން ރައީސް މައުމޫން ކޯފާ އިސްކުރައްވާ ޕީޕީއެމްގެ އޮފީސް ދޫކުރައްވާ މިރޭ ނިކުމެވަޑައިގެންފިއެވެ.
"ވަގުތަށް" މައުލޫމާތު ދެއްވި ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ ރައީސް މައުމޫން މިރޭ ޕީޕީއެމްގެ އޮފީހަށް ވަޑައިގަންނަވަން ކުރިން ހަމަޖެހިފައި ނުވިނަމަވެސް އެމަނިކުފާނު މިރޭ ވަނީ ކުއްލި ގޮތަކަށް އޮފީހަށް ވަޑައިގެންފައެވެ.
ރައީސް މައުމޫން އޮފީހަށް ވަޑައިގެން އެޕާޓީގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ އަށް ލިބިވަޑައިގަންނަވާ ބާރުތައް ނަންގަވާ އެކަމުގެ ލިޔުމުގައި ވަނީ ސޮއި ކުރައްވާފައެވެ. އެލިޔުމުގައި ސޮއި ކުރެއްވުމަށް ފަހު އޮފީހުގައި މަޑުނުކުރައްވާ ރައީސް މައުމޫން ވަނީ ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ