ވަގަށް ނަގާފައިވާ ފައިސާ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞޯލިހުގެ ސަރުކާރެއްގައި ހޯދޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދޭނެ ގާބިލްކަން އިދިކޮޅު ފަރާތްތަކުގައި ނެތްކަމަށް ރައީސް އަބްދުﷲ ޔާމީން ދާދިފަހުން ވިދާޅުވެފައިވަނިކޮށް އެ ފައިސާ ހުރި ތަނަކުން ހޯދާނެކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މިހައްމަދު ޞާލިހްވެސް ތަކުރާރުކުރައްވާފައެވެ.
ރައީސް ނަޝީދު ބްރާސްފަތި ދުވަހު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އެސްޓީއޯގެ ތެލުގެ ވަގު ވިޔަފާރިން ހޯދާފައިވާ ފައިސާއާއި އެމްއެމްޕީއާރުސީގެ ވައްކަމުން ހޯދާފައިވާ ފައިސާގެ އިތުރުން އެމްއެމްއޭ ތެރެއިން ކަޅުފައިސާ ދައުރުކޮށްގެން ހޯދާފައިވާ ފައިސާ ފޮރުވާފަހުރި ތަންތަން އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމެއްގައި އިރާދަފުޅާއެކު ހޯދޭނެ ކަމުގައެވެ.
އަދި އިދިކޮޅު އިއްތިހާދުން ބުދަދުވަހުގެ ރޭ ނ މަނަދޫގައި ބޭއްވި ޖަލްސާއެއްގައި ވިލިމާލެ ކައުސިލް މެމްބަރަކު ވަނީ ރައީސް ޔާމީނަށް ތަކުރާރުކޮށް ވަގަށްގޮވާފައެވެ. ހަމައެއާއެކު ހަމަ އެއްވަގުތެއްގައި ޕީޕީއެމުން ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ރައީސް ޔާމީނުވެސް ވަނީ ވަގަށް ގޮވަންވާނީ އެކަން ޝަރުޢީ ނިޒާމުގެ ތެރެއިން ސާބިތުކޮށްގެން ކަމަށް ވިދާޅުވެފައެވެ.
ތެލުގެ ވަގުވިޔަފާރިން ރައްކާ ކޮށްފައި ހުރިފައިސާތަކާއި އެމްއެމްޕީއާރްސީން ކޮށްފައިވާ ވައްކަމުގެ ފައިސާއާއި އަދި އެމްއެމްއޭގެ ތެރެއިން ކަޅު ފައިސާ ދައުރުކޮށް ނަގާފައިވާ ފައިސާތަކުގެ ވާހަކަ ދެއްކެވި އިރު, ރައީސް ނަޝީދު އެ ތުހުމަތު ކުރެއްވީ ކޮންކޮންބޭފުޅުންނަށް ކަމަށް ވިދާޅުވެފައެއް ނުވެއެވެ.
ވަގަށް ނެގި ފައިސާ އިބޫގެ ސަރުކާރަށް ހޯދޭނެ: ރައީސް ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ