އުތުރާއި މެދު ތެރޭގެ ބައެއް އަތޮޅުތަކަށް މޫސުން ވަަރަށް ގޯސްވެ، ރީނދޫ ސަމާލު ނެރެފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެވެފައި ވަނީ، ނ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށެވެ.
މެޓް އޮފީހުން ނެރުނު ސަމާލުގައި ވަނީ، މި ސަރައްދުތަކާށް ބޯކޮށް ވާރޭވެހުމާއެކު ބާރަށް ގުގުރާނެ ކަމަށެވެ.އަދި އާއްމުކޮށް ވައި ޖެހޭނެ ކަމަަށް ބެލެވެމީ ގަޑިއަކު 28 މޭލާއި 35 މޭލާއި ދެމެދުގެ ބާރު މިނެއްގައި ކަމަށާއި، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެފައި ވެއެެވެ.
މި ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 7:00 ގައެވެ.
ކުުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައި ވަނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
އަދި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާކަަަމަށްވެސް ވިދާޅުވެފައި ވެއެވެ.
"ހުޅަނގުމޫސުމުގެ މިވިއްސާރައިގައި އާންމުކޮށް ހުރިހާފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލު ވުމަށް ދަންނަވަން" މެޓް އޮފީހުން ވިދާޅުވިއެވެ.
އުތުރާއި މެދު ތެރޭގެ ބައެއް އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވެ، ރީނދޫ ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ