ކ. އަތޮޅު ކައުންސިލްގެ ރައީސާއި ނާއިބު ރައީސާއި އެ ކައުންސިލްގެ އެހެން މެމްބަރުންނާއި އެ އިދާރާގެ ޒިންމާދާރު ވެރިޔާ އަދި އެ އިދާރާގެ ސިވިލް ސާވިސް މުވައްޒަފުން މާފުށީގައި މަސައްކަތް ކުރުމުގެ އަމުރެއް މާފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު ހަވީރު ނެރެފި އެވެ.
އެނގިފައިވާ ގޮތުގައި މި އަމުރުގައި މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިދާރާގައި މުވައްޒަފުން މަސައްކަތް ކުރުމަށެވެ.
މިގޮތަށް މާފުށީ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރުނުއިރު މިހާރު ކ. އަތޮޅު ކައުންސިލްގެ އިދާރާ ހިންގަމުންދާ ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ނެރުނު އަމުރުގައިވާ ގޮތުން އެ އިދާރާ ހިންގާނީ ކުރިން ތުލުސްދޫގައި އަތޮޅު އޮފީސް ހިންގި އިމާރާތުގަ އެވެ.
މާފުށީ ކޯޓާއި ތުލުސްދޫ ކޯޓުން އެއްކަމަކަށް ދެ އަމުރު ނެރުނުއިރު މިހާރު މައްސަލަ ޖެހިފައިވާ ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓާއި ށ. މިލަންދޫ ކޯޓުން ވެސް ވެސް މިފަދަ އަމުރެއް ވަނީ ނެރެފަ އެވެ.
ކ. އަތޮޅު ކައުންސިލްގެ މަސައްކަތްތައް މާފުއްޓަށް ބަދަލުކުރުމުގެ އަމުރެއް މާފުށީ ކޯޓުން ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ