ކ. ހިންމަފުށްޓަށް ޚިދުމަތްކުރާނެ މަޖިލިސް މެންބަރަކު މިހާރު ނެތް ކަމަށާއި އެހެންކަމާއިއެކުވެސް އެރަށް ބާކީ ނުކުރެއްވެވުމަށް ހިންމަފުށީގެ ރައްޔިތުންގެ ފަރާތުން ރައީސް ޢަބްދުﷲ ޔާމީނަށް އިލްތިމާސްކޮށްފިއެވެ.
ރައްޔިތުންގެ ފަރާތުން މިމޭރުމުން އިލްތިމާސްކުރެއްވީ އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތަށް ރައީސް ޢަބްދުﷲ ޔާމީން އެރަށަށް ވަޑައިގަތުމުން ރަށުގެ ކައުންސިލުގެ ރައީސް ޝާން އިބްރާހީމް އެވެ.
ކ. ހިންމަފުށްތަކީ މާލެއައި އެންމެ ކައިރީގައި އޮތް މީހުން ދިރިއުޅޭ ރަށް ނަމަވެސް އެރަށަށްވެސް ދަތިތަކެއް އެބަހުއްޓެވެ. ބަނދަރާއި ބޯފެނުގެ މައްސަލަތައް ބޮޑެވެ. ހަމައެއާއިއެކު ކައުންސިލުގެ ރައީސް ވަނީ ކަރަންޓުގެ މައްސަލަ ފާހަގަކުރައްވައިފައެވެ. "ރަށުގެ ކަރަންޓުގެ އަގު މިހާރު ވަރަށް ބޮޑުތަން ބޮޑުވެއްޖެ. އެކަމާއި ގުޅިގެން ކަރަންޓު ބިލް ނުދެއްކިފައި ގިނަ ބައަކު އެބަތިބި. އެމީހުން ކޮންމެ ދުވަހަކު ކައުންސިލަށް އައިސް އާދޭސް ކުރޭ. އަޅުގަނޑުމެން އެދެނީ ހުރިހާ ރަށެއްގައި ވެސް އެއް ރޭޓަކުން އަގުނެގުން."
މިރަސްމިއްޔާތުގައި ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރަށުގެ ކަންކަމާއި އަޅައިލާނެ މެންބަރަކު ނެތުމަކީ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ. އެހެންކަމުން ހިންމަފުށްތަށް ކުރިމަތިވެފައިވާ މައްސަލަތައް ޕީޕީއެމުން ހައްލުކޮށްދޭނެ ކަމަށެވެ. "ހިންމަ ފުށީގެ ބެލެނިވެރިކަމާއި ޕީޕީއެމުން ހަވާލުވެއްޖެ."
ޢަބްދުއްރަޙީމް ވިދާޅުވީ ހިންމަފުށި ތަމްސީލުކުރާ މަޖިލިސް މެންބަރަކީ މިހާރު ސަރުކާރާއި ދެކޮޅަށް ވަކާލާތުކުރަމުން ގެންދާ މެންބަރެއް ކަމަށާއި މެންބަރުން ހޮވަންވީ އެކަން އެގޮތަށް މެދުވެރިނުވާނެ ގޮތަށް ކަމަށެވެ.
ރަށަށް ޚިދުމަތްކުރާނެ މެންބަރެއް ނެތް- ބާކީ ނުކުރެއްވުން އެދެން- ހިންމަފުށީ ރައްޔިތުން ރައީސަށް ކުރި އިލްތިމާސް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ