މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ލަމްއާން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ލަމްއާން މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރު އެހެން ކުންފުންޏެއްގެ އިސް މަގާމަކަށް ބަދަލުކުރައްވާތީ އެވެ. ލަމްއާން އިސްތިއުފާ ދެއްވި ނަމަވެސް އެ ކުންފުނީގެ ޑީއެމްޑީގެ މަގާމުގައި މުޖުތަބާ ލަތީފް ހުންނަވާނެ އެވެ.
ތަފްސީލް - ލަމްއާން އައްޔަންކުރަން ނިންމާފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިޔުޓީ ސީއީއޯގެ މަގާމަށެވެ.
ލަމްއާން، އެމްއޭސީއެލްގެ ޑީއެމްޑީއަކަށް އައްޔަންކުރެއްވީ، މި ސަރުކާރުން، 1 ފެބްރުއަރީ 2024 ގަ އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އޭނާ ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ފާހަގަކުރެވޭ - މި މަހު ބޭއްވި ކައުންސިލް އިންތިހާބަށް ފަހު ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަންނަނީ ބަދަލުތަކެއް ގެންނަމުންނެވެ. ބައެއް ކުންފުނިތަކުގެ ވެރިން ވަކިކުރައްވާފައިވާއިރު ބައެއް ބޭފުޅުން ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެ ބޭފުޅުންގެ ބަދަލުގައި ކުންފުނިތަކަށް އާ ވެރިން އަންނަނީ ހަމަޖައްސަމުންނެވެ.
އެމްޕީއެލްގެ މަގާމަކަށް ބަދަލުކުރާތީ އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން ލަމްއާން އިސްއިތުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ