ޕީސީބީގެ ރައީސްކަމަށް އެ ބޯޑުގެ ކުރީގެ ރައީސް ނިޒާރު އަލުން އައްޔަންކޮށްފި
ދައުލަތުގެ ކުންްފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްގެ މަގާމުން މުހައްމަދު އަނަސް އިސްތިއުފާ ދެއްވައިފި އެވެ.ޕީސީބީން މިރޭ ބުނީ އަނަސްގެ އިސްތިއުފާ ރައީސް މުހައްމަދު މުއިއްޒު ގަބޫލުކުރައްވާފައިވާ ކަމަށެވެ. އަނަސް ޕީސީބީގެ ރައީސަކަށް އައްޔަނު ކުރެއްވީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރެ އެވެ.އަނަސް އިސްތިއުފާ ދެއްވުމުން ޕީސީބީގެ ރައީސްގެ މަގާމަށް މުހައްމަދު ނިޒާރު، މއ. ޔެލޯބޯލް، އައްޔަންކުރައްވާފައިވާ ކަމަށް ވެސް ބުންޏެވެ.ނިޒާރު ވަނީ މީގެ ކުރިން 2014 އިން 2019 އަށް ޕީސީބީގެ ރައީސްކަން ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ