ހައި އެޗީވާސް ސްކޯލާޝިޕާއި ރައީސްގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

2025 ވަނަ އަހަރުގެ ހައި އެޗީވާސް ސްކޯލާޝިޕަށާއި ރައީސުލްޖުމްހޫރިއްޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންއިން މިއަދު ހުޅުވާލައިފިއެވެ.
މި އަހަރުގެ ސްކޯލާޝިޕް އުސޫލުތަކަށް ސަރުކާރުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކަކީ މީގެ މަހެއްހާ ދުވަސް ކުރިން ކަނޑައަޅާފައިވާ އާ އުސޫލުތަކެކެވެ. އެގޮތުން، ހައި އެޗީވާސް ސްކޯލާޝިޕް ދޭ އުސޫލަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ، މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން މި ސްކޯލާޝިޕް ދެން ލިބޭނީ އޭލެވެލް އިމްތިހާނުން މަދުވެގެން އެއް މާއްދާއިން 'އޭ ސްޓާ' ހޯދައިގެން ކަމަށް ކަނޑައެޅުމެވެ.
އާ އުސޫލުގައިވާ ގޮތުން ހައި އެޗީވާސް ސްކޯލާޝިޕަށް ޝަރުތު ހަމަވާނީ، ހައި އެޗީވާސް ސްކޯލާޝިޕް ދެން ލިބޭނީ އޭލެވެލް، ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ތިން މާއްދާއިންނާއި، އެޗްއެސްސީ އިސްލާމާއި ދިވެހި މާއްދާއާއެކު ޖުމްލަ ފަސް މާއްދާގެ ތެރެއިން މަދުވެގެން އެއް މާއްދާއިން އޭ ސްޓާ ލިިބުމުންނެވެ. އަދި އަނެއް ހަތަރު މާއްދާއިން ދަށްވެގެން އޭ ގުރޭޑް ލިބުމުންނެވެ.
ރައީސް ދެއްވާ ސްކޯލާޝިޕް ލިބޭނީ އޭލެވެލް އިމްތިހާނުގައި، އެޗްއެސްސީ ދިވެއްސާއި އިސްލާމް ހިމެނޭހެން، ފަސް މާއްދާއިން އޭ ސްޓާ ހޯދައި، އޯ ލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސިން ސީއަށް ވުރެ މަތީ ފާހެއް ހޯދުމުންނެވެ. ފަހުން ގެނެވުނު ބަދަލާއެކު ރައީސް ދެއްވާ ޚާއްޞަ ސްކޯލާޝިޕް ލިބޭ ދަރިވަރުންނަށް، އެކުދިން ކިޔަވަން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރިހަމަ މިނިވަންކަން މިހާރު ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ