ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕީސީބީގެ ރައީސް ކަމުން އިސްތިއުފާ ދެއްވި މުހައްމަދު އަނަސް، ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމަށް އައްޔަނުކޮށްފި އެވެ.
ވީ ކިހިނެއް؟- މިފްކޯގެ އެމްޑީ އަދި ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު މި މަހުގެ 12 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
ތަފްސީލް - އަނަސްއަކީ މި ސަރުކާރުން މިފްކޯއަށް އައްޔަނުކުރި ހަތަރު ވަނަ އެމްޑީ އެވެ.
ޕީސީބީގެ ރައީސްކަން ކުރެއްވި
ފިނޭންސް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރުކަން ކުރެއްވި
އެ މަގާމުގައި ހުންނަވާ ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް ހިންގެވި
ދައުލަތުގެ ދަރަނި މެނޭޖުކުރުމުގެ ސްޓްރެޓެޖީތައް ފަރުމާކުރުމާއި، ދަރަންޏާ ގުޅޭ ބުލެޓިންތައް ތައްޔާރުކުރުމާއި، އަދި ރާއްޖެއިން ސޮވެރިން ބޮންޑު ދޫކުރުމުގެ މަސައްކަތްތަކުގައި ވެސް އުޅުއްވި
މަތީ ތައުލީމު ހާސިލްކުރެއްވީ އެކައުންޓިން އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން
ފާހަގަކުރެވޭ - މި މަހު ބޭއްވި ކައުންސިލް އިންތިހާބަށް ފަހު ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަންނަނީ ބަދަލުތަކެއް ގެންނަމުންނެވެ. ބައެއް ކުންފުނިތަކުގެ ވެރިން ވަކިކުރައްވާފައިވާއިރު ބައެއް ބޭފުޅުން ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެ ބޭފުޅުންގެ ބަދަލުގައި ކުންފުނިތަކަށް އާ ވެރިން އަންނަނީ ހަމަޖައްސަމުންނެވެ.
ޕީސީބީއިން އިސްތިއުފާ ދެއްވި އަނަސް މިފްކޯގެ އެމްޑީއަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ