އުރަމަތީ ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަ ދިވެހި ފުރަތަމަ ޑޮކްޓަރަކަށް، ޑރ. އަލްޠާފް ޢަދްނާން އިސްމާޢީލް ވެވަޑައިގެންފިއެވެ.
ޑރ. އަލްޠާފް އަދުނާން އިސްމާޢީލް މިހާރުވެސް ކެންސަރު ބައްޔަށް ފަރުވާ ދެމުން އަންނަ ހުޅުމާލޭ ހޮސްޕިޓަލާ ގުޅިވަޑައިގަތުމަކީ ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެހޮސްޕިޓަލުން ފާހަގަކުރެ އެވެ.
ރާއްޖޭގައި އެންމެ ގިނަ ކެންސަރުގެ ބާވަތްކަމުގައިވާ އުރަމަތީގެ ކެންސަރަށް ހާއްސަ އޮޕަރޭޝަން ޑޮކްޓަރެއްގެ ގޮތުގައި ޑރ. އަލްޠާފް އަދުނާން އިސްމާޢީލް ހުޅުމާލޭ ހޮސްޕިޓަލާ ގުޅިވަޑައިގަތުމުން އެހޮސްޕިޓަލުން ވަނީ ޑޮކްޓަރަށް މަރުޙަބާ ދަންނަވާ ފޭސްބުކްގައި ޕޯސްޓެއްކޮށްފައެވެ.
އެ ހޮސްޕިޓަލުން ބުނީ، އަލްޠާފްގެ ތަޖުރިބާގެ އަލީގައި ހުޅުމާލޭ ހޮސްޕިޓަލުން ދޭ ޚިދުމަތް ކުރިއަރައިދާނެ ކަމަށެވެ.
މެޑިސިން ކިޔަވުމަށްފަހު، 2015ވަނަ އަހަރު އަލްޠާފް ފުރަތަމަ މަސައްކަތްކުރެއްވީ އައިޖީއެމްއެޗުގައެވެ. އެއަށްފަހު، އޮޕަރޭޝަނަށް ހާއްސަވެ، 2020ވަނަ އަހަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި، އަދި 2022ވަނަ އަހަރު ޓްރީ ޓޮޕް ހޮސްޕިޓަލުގައި މަސައްކަތްކުރެއްވިއެވެ.
ރާއްޖޭގައި ގައިންގަޔަށް ނާރަ ބަލިތަކުގެ ތެރެއިން ނިސްބަތުން އެންމެ ގިނަ ބަޔަކު ތަހައްމަލުކުރަމުންދާ ބައްޔަކީ، ކެންސަރު ބައްޔެވެ. ކެންސަރުގެ ތެރެއިންވެސް އުރަމަތީގެ ކެންސަރަކީ އެންމެ ގިނަ ކެންސަރެވެ. ހުޅުމާލޭ ހޮސްޕިޓަލަކީ، ރާއްޖޭގައި ކެންސަރުގެ ފަރުވާ އެންމެ ގިނަ ބަޔަކު ހޯދަމުން އަންނަ ހޮސްޕިޓަލެވެ.
އުރަމަތީގެ ކެންސަރުގެ އޮޕަރޭޝަނަށް ޚާއްސަ ފުަރަތަމަ ދިވެހި ޑޮކްޓަރަކަށް އަލްތާފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ