ޕީސީބީގެ ރައީސްގެ މަގާމަށް މުޙައްމަދު ނިޒާރު އައްޔަންކޮށްފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމަށް މއ. ޔެލޯބެލް، މުޙައްމަދު ނިޒާރު, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ.
ނިޒާރު މި މަގާމަށް އައްޔަންކުރައްވާފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި ގއ. ދެއްވަދޫ ދޭލިޔާގެ، މުޙައްމަދު އަނަސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މީގެއިތުރުން، ޕީސީބީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން މުޙައްމަދު އަނަސް އެ ބޯޑަށް ކޮށްދެއްވި އަގުނުކުރެވޭފަދަ ޚިދުމަތްތަކަށް އެ ބޯޑުން ވަނީ ޝުކުރު އަދާކޮށްފައެވެ. ޚާއްޞަކޮށް އޭނާގެ ދައުރުގައި ދެއްވި ހިކުމަތްތެރި އިރުޝާދާއި، ދެއްކެވި މުހިންމު ލީޑަރޝިޕަށްޓަކައި ބޯޑުގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ