މުޅި މާލެއިން ކަރަންޓް ކެނޑިއްޖެ އެވެ.
ސްޓެލްކޯގެ ޗީފް އިންޖިނިއަރު އިބްރާހިމް ރައޫފު ވިދާޅުވީ ކަރަންޓް ދިޔަ ސަބަބެއް އަދި ނޭނގޭ ކަމަށެވެ.
މާލޭން ކަރަންޓް ކެނޑުމުގެ ސަބަބުން އައިޖީއެމްއެޗްގެ ހިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ފެނުގެ ހިދުމަތަށް ވެސް ވަނީ ދަތިތައް ފޯރައިފަ އެވެ.
"އޮޕަރޭޝަން ތިއޭޓަރުތަކާއި އައިސީޔޫ ހިންގަމުން ދަނީ ބެކަޕް ޖަނަރޭޓަރުތަކުގައި،" އައިޖީއެމްއެޗްގެ އޮފިޝަލް ވިދާޅުވެއްޖެ އެވެ.
ހޮސްޕިޓަލްގެ އެހެން ހިދުމަތްތަކަށް، ކަރަންޓް ނެތުމުގެ ސަބަބުން ވަނީ ދަތިތައް ކުރިމަތިވެފަ އެވެ.
އެމްޑަބްލިޔޫއެސްއީން ބުނި ގޮތުގައި ފެނުގެ ހިދުމަތް ރަނގަޅުވެ، ޕްރެޝަރުގައި ފެން ލިބެން ފަށާނީ އަލުން ކަރަންޓް ލިބުމުންނެވެ.
ކަރަންޓް ހިދުމަތް މެދުކެނޑުމާއެކު މުވާސަލާތީ ހިދުމަތަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ.
މާލޭން ކަރަންޓް ދިއުމުގެ ސަބަބުން ރާއްޖެޓީވީގެ ހިދުމަތް ވެސް ވެސް ވަނީ މެދުކެނޑިފަ އެވެ.
(ތަފްސީލް އަންނަނީ)
މުޅި މާލެއިން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ