ވިލިމާލެއިން މިއަދު 4 ގަޑިއިރަށް ކަރަންޓް ކަނޑާލަނީ

ސްޓެލްކޯގެ މަސައްކަތްތަކެއް ކުރުމަށް މިއަދު މެންދުރު ވިލިމާލެއިން ކަރަންޓު ކަނޑާލާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ކަރަންޓު ކަނޑާލާނީ މިއަދު މެންދުރު 13:00 އާއި ހަވީރު 17:00އާ ދެމެދުގެ ވަގުތެއްގައެވެ. ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓު ކަނޑާލަނީ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތެއް ކުރުމަށްކަމަށެވެ. 4 ގަޑިއިރަށް ކަރަންޓު ކަނޑާލައިގެން މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމި ނަމަވެސް، މި މަސައްކަތް ވީހާވެސް އަވަހަށް ނިންމާ، ކަރަންޓު ފޯރުކޮށްދޭނެކަމަށް ސްޓެލްކޯއިން ބުނެއެެވެ.
މާލެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދެނީ ސްޓެލްކޯއިންނެވެ. އެކުންފުނިން ދަނީ އިރުވައި މޫސުމާއި ދިމާކޮށް ހޫނުގަދަވުމުގެ ސަބަބުންނާއި، އަދި ރަމަޞާންމަހު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ އެކަމަށް ތައްޔާރުވުމަށް ކަރަންޓު ފެންވަރު ރަނަގަޅުކުރުމަށް މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ