ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމް މިހެންގޮވާލެއްވީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއެއްގައެވެ. ރައީސް މައުމޫން ވިދާޅުވީ ރާއްޖެއިން ފެނިފައިވާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކައުންސިލް އިންތިހާބު ފަސްކުރުމަށް އިލެކްޝަން ކޮމިޝަންއަށް ގޮވާލައްވާފައެވެ.
ރާއްޖެގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލްމަހުގެ ހަތަރުވަނަދުވަހުއެވެ.
ރާއްޖޭގެ އިތުރުން މުޅިދުނިޔޭގައިވެސް ކޮރޯނާ ވައިރަސް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ އެހެންކަމުން ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކުދަނީ އިންތިހާބު ފަސްކުރުމަށް ގޮވާލަމުނެނެވެ.
މިހާތަނަށް ރާއްޖޭގައިވެސް ކޮރޯނާ ވައިރަސް އަށް ހަ މީހާކުވަނީ ޕޮސިޓިވްވެފައެވެ.
    
    އިންތިހާބު ފަސްކުރުމަށް ރައީސް މައުމޫނު ގޮވާލައްވައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            