ވެރިކަން ކުރާ އެމްޑީޕީގެ އަމާޒަކީ އަނެއް ގޮތް ހޯދާ ދިނުން ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ އިން ރޭ ހދ.ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި ވާޙަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ ގޮތުގައި އެމްޑީޕީގެ ސިޔާސަތަކީވެސް އަދި އުއްމީދަކީވެސް ރައްޔިތުންނަށް އެހެން ގޮތެއް ހޯދައި ދިނުމެވެ. އަދި ރައްޔިތުންވެސް އުއްމީދު ކުރަމުން ގެންދަނީ އެހެން ގޮތެއް ހޯދަން ކަމަށާއި، އެ ގޮތް އެމްޑީޕީ ހޯދައިދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. "އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ ރައްޔިތުން އުއްމީދު ކުރައްވާނެ އަނެއް ގޮތް ހޯދައި ދިނުމަށް. އަބަދުވެސް އެމްޑީޕީގެ އަމާޒަކީ އަނެއް ގޮތް ހޯދައިދިނުން. ތަނަވަސް އުފާވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް މަސައްކަތް ކުރުން." ނަޝީދު ވިދާޅުވިއެވެ.ރޭގެ ޖަލްސާގައި ރައީސް ނަޝީދުވަނީ އިދިކޮޅު ޕީޕީއެމްއަށް ފާޑުވިދާޅުވެފައެވެ. މިގޮތުން، ލާމަރުކަޒީ ނިޒާމު ޕީޕީއެމް އިން ހަލާކު ކުރެއްވިކަމަށް ތުހުމަތުކުރެއްވިއެވެ. "ޕީޕީއެމް އިން ފަސް އަހަރު ތެރޭގައި ލާމަރުކަޒީ ޤާނޫނު ފަސް ފަހަރަށް އުލު ބައިންދައިފި. ލާމަރުކަޒީ ނިޒާމް ހަލާކު ކޮށްލުމަށް ފަސް އިސްލާހް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޤާނޫނު އަސާސީގައި ހުރި ރޫހު ވަނީ އެކުގައި ގެއްލުވާލާފައި. އަޅުގަނޑުމެން އަނެއްކާވެސް އައިސް މިތިބީ އެ ގެއްލުން ރަނގަޅު ކުރަން." ނަޝީދު ވިދާޅުވިއެވެ.މީގެ އިތުރުން ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމެއް މަސައްކަތް ކުރާ ގޮތެއް އިދިކޮޅު ފަރާތްތަކަށް ނޭނގޭނެކަމަށެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި ރޭ ވަނީ ރައީސް ސޯލިހަށްވެސް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އަދި އެ ދެބޭފުޅުން އެކުގައި ނިކުމެއްޖެނަމަ ބަލި ނުކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
100 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އެމްޑީޕީގެ އަމާޒަކީ އަނެއް ގޮތް ހޯދާ ދިނުން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ