އައިވަރީ ކޯސްޓުގެ މައްޗަށް ކުރި ހޯދާ ކޮލަމްބިޔާ ދެވަނަ ބުރާ ގާތަށް

ވޯލްޑްކަޕް ގްރޫޕް ސީގެ ތިން ވަނަ މެޗުގައި މިރޭ ކޮލަމްބިޔާއާއި އައިވަރީ ކޯސްޓް ބައްދަލު ކުރި މެޗު ހަނި ގޮތަކަށް ކާމިޔާބު ކޮށް ކޮލަމްބިޔާ ދެވަނަ ބުރާ ގާތްވެއްޖެއެވެ.
މި މެޗު ފެށިގެން ދެ ޓީމުގް ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.  ނަމަވެސް ފުރަތަމަ ހާފުގެ މެދުތެރެއިން މެކްސިކޯގެ ގުޓިއޭރޭޒްއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައި ވެއެވެ. އަރިމަތިން ހުރަސްވެގެން އައި ބޯޅަ ގުޓިއޭރޭޒް ފޮނުވާލަން އުޅުމުގެ ތެރޭގައި ފަޔަށް ނޭރުމުގެ ސަބަބުން އޭނާއަށް ވަނީ ގޯލެއް ކާމިޔާބުވާގޮތް ނުވެފައެވެ.
0 – 0 ގައި އޮވެ މި ހާފު ނިމުނު ނަމަވެސް ދެވަނަ ހާފް ދެ ޓީމުންވެސް ފަށައިގެން ދިޔައީ ވަރަށް ފޯރިޔާއެކުއެވެ. އެގޮތުން މެޗުގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށް ލީޑު ނެގީ ކޮލަމްބިޔާއިންނެވެ. މެޗުގެ 64 ވަނަ މިނިޓުގައި މި ގޯލް ކާމިޔާބު ކޮށް ދިނީ އެ ޓީމުގެ ޖޭމްސްއެވެ. ކޯނަރަކުން ހުރަސްވެގެން އައި ބޯޅަ ގޯލަށް ފޮނުވާލައިގެން ޖޭމްސް މި ގޯލް ކާމިޔާބު ކުރުމާއެކު އައިވަރީ ކޯސްޓުން ހަމަލާ އުފައްދާ މެޗު އެއްވަރު ކުރެވޭތޯ މަސައްކަތް ކުރިއެވެ.
ނަމަވެސް އެ ޓީމުގެ މަސައްކަތް ކާމިޔާބީއާ ހަމަޔަކަށް ނުދަނީސް ކައުންޓަރ އެޓޭކެއްގައި ކޮލަމްބިޔާއިން އަރާ އިތުރު ގޯލެއް ކާމިޔާބު ކޮށް އައިވަރީ ކޯސްޓު އިތުރު ޕްރެޝަރަށް ވައްޓާލިއެވެެ. ވަން އޮން ވަން އެއްގައި މި ގޯލް ކާމިޔާބު ކޮށްދިނީ ކުއިންޓެރާއޯއެވެ.
ނަމަވެސް އައިވަރީ ކޯސްޓުގެ ހުނަރުވެރި ފޯވާޑް ޖަރވީނިއޯވަނީ އޭނާގެ ޖާދުލުން މުޅި ކޮލަމްބިޔާގެ ޑިފެންސް ފޫ އަޅުވާލުމަށްފަހު އެ ޓީމަށް ގޯލެއް ކާމިޔާބު ކޮށްދީފައެވެ. 4 ކުޅުންތެރިން ގާތުން ކޮއްޓުމަށްފަހު މި ގޯލް ޖަރވީނިއޯ ކާމިޔާބު ކުރުމާއެކު އައިވަރީ ކޯސްޓުން އިތުރު ހަމަލާތައް އުފައްދާ މެޗުގެ ނަތީއްޖާ ހަމަ ހަމަ ކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް މި ހުރިޙާ މަސައްކަތެއް ދިޔައީ ބޭކާރުވެގެންނެނެވ.
މިރޭގެ މެޗުން ކޮލަމްބިޔާ މޮޅުވުމާއެކު އެ ޓީމަށްވަނީ 6 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ލިބި ދެވަނަ ބުރާ ވަރަށް ގާތަށް ދެވިފައެވެ. އަދި މި ގްރޫޕުގެ ދެވަނަ މެޗުގައި ބައްދަލު ކުރާ ދެ ޓީމް އެއްވަރު ވެއްޖެ ނަމަ އެ ޓީމް ދެވަނަ ބުރަށް ދާނެއެވެ.
 
މިރޭ މި ގްރޫޕުގެ 4 ވަނަ މެޗުގައި ބައްދަލު ކުރާނީ ޖަޕާނާއި ގްރީސެވެ. މި ދެ ޓީމަކީވެސް ފުރަތަމަ މެޗުން ބަލިވެފައިވާ ދެ ޓީމެވެ. މި މެޗު ފެށޭނީ މިރޭ ރާއްޖެ ގަޑިން 3:00 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ