މިއަދު ހަވީރު ހަތަރަކުން ފެށިގެން މަޖީދީމަގުގެ އެކި ހިސާބުތަކުން ވެހިކަލް ދުއްވުން މަނާ ކުރެވޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
މަޖީދީމަގުގެ އެކި ހިސާބުތައް ވެހިކަލް ނުދުއްވޭނެހެން ބަންދު ކުރަނީ ޤިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ 10 ވަނަ އަހަރީ ދުވަހުގެ ޕެރޭޑާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިކަމާ ގުޅިގެން ފުލުހުން ކުރެއްވި ޓުވީޓެއްގައި މި ޕްރޭޑު ނިމެންދެން މަޖީދީމަގުގެ ބައެއް ހިސާބުތަކުން ވެހިކަލް ނުދުއްވޭނެހެން ބަންދުކުރެވޭނެކަމަށް ބުނެފައި ވެއެވެ.
ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕެރޭޑް މިއަދު ފެށުމަށް ހަމަޖެހިފައިވަނީ 16:00 ގައި ރަސްފަންނު ސަރަހައްދުންނެވެ. މި ޕްރޭޑުގައި އެކި ފުޅަނދު ހިމެނޭ ގޮތަށް އެކި ހަރަކާތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު ހަވީރު ހަތަރަކުން ފެށިގެން މަޖީދީމަގުގެ އެކި ހިސާބުތަކުން ވެހިކަލް ދުއްވުން މަނާ ކުރެވޭނެ: ޕޮލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ