ބޮޑު ތަރުހީބަކާ އެކު ޓެޕްކޮން "ރޯދަމަހަށް އާކޮށްލަމާ" ހަވީރު ނިންމައިފި

ރޯދަމަހު ގޭތެރެ އާކޮށްލުމުގެ ސަގާފަތުގެ ތެރެއިން ކުލަ ލުމުގެ ތަޖުރިބާ ކުޑަކުދިންނަށް އިހުސާސްކޮށްލެވޭ ގޮތަށް، ޓެޕްކޮން އިން ބޭއްވި ކުލައިގެ ހާއްސަ ހަރަކާތް ނިންމާލައިފި އެވެ.
ބްރިޖު ވިއު ޕްލެޓްފޯމުގައި ބޭއްވި މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފަ އެވެ.
"ރޯދަ މަހަށް އާކޮށްލަމާ"ގެ ނަމުގައި ޓެޕްކޮން ހާޑްވެއާ އިން ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ކުޑަކުދިން ކުލަލުމަށް އެ ސަރަހައްދުގައި ފާރެއް ގޮތަށް ތިން ކެންވަސް ބަހައްޓާފައި ހުއްޓެވެ.
ކުލަ ލާން ބޭނުންވާ ސާމާނާއި އެޕްރަން އާއި އަންގި ފަދަ ހުރިހާ އެއްޗެއް ޓެޕްކޮން އިން ވަނީ ފޯރުކޮށްދީފަ އެވެ. އަދި ކުދިންނަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް އާޓިސްޓް ކޮމިޔުނިޓީގެ ހުނަރުވެރި ކުރެހުންތެރިން ވެސް ހަރަކާތްތެރިވެފައިވެ އެވެ. މި ހަރަކާތް މިއަދު ހަވީރު 4:00 އިން 6:00 އަށް ކުރިޔަށްދިޔަ އެވެ.
"ދިވެހިންގެ ތެރޭގައި ކުރިންސުރެ ވެސް އޮންނަ ކަމެއް ރޯދައަށް ކުލަ ލައި، ގެ ޒީނަތްތެރިކުރުން. އެކަން ކުޑަކުދިންނަށް ބުނެދިނުން އަސްލު ބޭނުމަކީ." ޓެޕްކޮންގެ އޮފިޝަލު ވިދާޅުވި އެވެ.
ސަންކޯރާ ބްރޭންޑްގެ ކުލަ އަކީ ވިހައިގެ އެއްވެސް މާއްދާއެއް ނުހިމެނޭ، އަދި ދޮވެލަން ވެސް ފަސޭހަ އެއްޗެކެވެ. އެހެންކަމުން އެ ކުލައިގެ ސަބަބުން އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމަށް، އޮފިޝަލް ވިދާޅުވި އެވެ.
"ރޯދަމަހަށް އާކޮށްލަމާ" ޕްރޮމޯޝަންގައި ޓެޕްކޮން އިން އަންނަނީ އެކި ހަފުތާއަށް ބަހާލައިގެން އެކި ކަންކަން ކުރަމުންނެވެ.
ސަންކޯރާ ބްރޭންޑްގެ ކުލަ، ވަރަށް ޚާއްސަ
ސަންކޯރާ ބްރޭންޑްގެ ކުލަ އަކީ އެންމެ މަތީ ފެންވަރުން ފެށިގެން އާންމު މީހާގެ އަތްފޯރާ ފަށުގެ އަގުތަކުގައި ވެސް ލިބެން ހުންނަ އެއްޗެކެވެ.
މި ކުލާގައި ހަށިގަނޑަށް ނުރައްކާތެރި ބާވަތްތައް ކަމަށްވާ ލެޑާއި މާކަރީގެ މާއްދާއެއް ނުހިމެނެ އެވެ. އެހެންކަމުން މިއީ ވަރަށް ރައްކާތެރި އަދި ބޭނުންކުރަން ވެސް އެހާ ފަސޭހަ ކުލައެކެވެ.
އެތެރެ އާއި ބޭރުގައި ލާން ހާއްސަ ކުލަތަކުގެ އިތުރުން ލަކުޑި އާއި ދަގަނޑަށް ކަމުދާ ގޮތަށް ތައްޔާރުކޮށްފައިވާ ކުލައިގެ ބާވަތްތައް ވެސް، ސަންކޯރާ އިން ބާޒާރަށް ނެރެ އެވެ.
މި ކުލައިގެ ޚާއްސަ އަނެއް ސިފަޔަކީ ޖަރާސީމާއި ހިރަފުހުން ސަލާމަތްވުމުގެ އިތުރުން މޫސުމުގެ އަސަރު ވެސް އެއަށް ނުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ