އެއިޑްސް ދުވަސް ފާހަގަ ކުރަން، ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން އަދި ދެމަފިރިން ކަމަށްވާ އަޖޭ އާއި ކާޖަލްގެ ފުވައްމުލަކަށް ދާން އޮތް ދަތުރު އަނެއްކާ ވެސް ފަސްކޮށްފި އެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލްގެ ޑިރެކްޓަރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ ހޮނިހިރު ދުވަހު އަޖޭ އާއި ކާޖަލް ފުވައްމުލަކަށް ދާން ކުރިން ހަމަޖެހިފައިވީ ނަމަވެސް ތިން ވަނަ ފަހަރަށް ދަތުރު ފަސް ކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވީ އެ ދެ ތަރިން ބައިވެރި ކޮށްގެން ރަތް ރިބަން ހިމެނޭ 200 ބައްތި ދިއްލަން ހަމަޖެހިފައިވިޔަސް މޫސުން ގޯސްވެފައިވާތީ އެ އިވެންޓް ބޭއްވޭނެ ކަމުގެ އުންމީދު ކުޑަވެފައިވާ ކަމަށެވެ.
ކާޖަލްގެ ދެމަފިރިންގެ ދަތުރު ފަސް ކުރި އިރު އެއްފަހަށް އޮންނަ ހަމައެކަނި އަތޮޅަށް އަންނަ ހޯމަ ދުވަހާ ހަމައަށް މޫސުން ގޯސް ވާނެ ކަމަށް މޫސޫމާބެހޭ އިދާރާއިން ލަފާކުރާ ކަމަށް ވެސް އަހުމަދު މުހައްމަދު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެ ދަތުރާމެދު ދެން ގޮތެއް ނިންމާނީ އަންނަ ހަފުތާގައި ކަމަށެވެ.
"އަޅުގަނޑުމެންނަށް މޫސުމާއި ބެހޭ އިދާރާއިން މައުލޫމާތު ދެނީ މި މަހުގެ ނުވަޔަކާ ހަމައަށް މޫސުން ގޯސް ވާނެ ކަމަށް. އެހެންވީމަ މި ދެތަރިންގެ ދަތުރާ ގުޅޭ ގޮތުން ދެން ގޮތެއް ނިންމޭނީ ފަހުން،" އޭނާ ވިދާޅުވި އެވެ.
އަޖޭ އާއި ކާޖަލް ފުވައްމުލަކަށް ދާން ފުރަތަމަ ދަތުރު ތައްޔާރު ކުރީ މި މަހުގެ އެއްވަނަ ދުވަހު އެވެ. މި ދަތުރުގައި އެ އަތޮޅުގައި ތިން ދުވަހު މަޑުކޮށް އެއިޑްސް އަށް ހޭލުންތެރިކުރުމަށް ތަފާތު ހަރަކާތްތައް ހިންގާނެ އެވެ.
މޫސުން ގޯސްވުމުން އަޖޭއާ ކާޖަލްގެ ފުވައްމުލަކަށް ދިއުން އަނެއްކާވެސް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ