އެފްއޭ ކަޕުން ހަވީރު އެވޯޑަށް ވާދަކުރާ ކުޅުންތެރިން ކަނޑައަޅައިފި

ހަވީރު ސްޕޯޓްސްގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް އެފްއޭ ކަޕުން ވާދަކުރާ ކުޅުންތެރިން ރޭ ކަނޑައަޅައިފި އެވެ. ހަވީރުގެ އެވޯޑާއި 30،000ރ. ގެ ފައިސާގެ އިނާމް ލިބޭ މަގާމަށް ވާދަކުރަނީ ޗެމްޕިއަން މާޒިޔާގެ މުހައްމަދު އާރިފް (ބަކާ) އާއި އަސަދުﷲ އަބްދުﷲ އާއި އަސްއަދު އަލީ (އަޑޭ) އާއި ކްލަބް އީގަލްސްގެ އިސްމާއިލް އީސާ (މެސީ) އަދި ނިއު ރޭޑިއަންޓުގެ މުހައްމަދު އުމެއިރެވެ. އެފްއޭ ކަޕުން 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ މާޒިޔާގެ މުހައްމަދު އިރުފާނާއި ވެލެންސިއާގެ އަލީ ހަމްދާނާއި އީގަލްސްގެ ހަމްދާން އިބްރާހިމް އާއި އީގަލްސްގެ ހުސެއިން ޝިފާއު ޔޫސުފް އަދި ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ހަވީރުގެ ޓްރޮފީ އާއި 15،000ރ. ހުށަހަޅާފައިވާ ހަވީރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރަނީ ނިއުގެ ކޯޗު މިކާ ލޮންސްޓްރޮމް އާއި މާޒިޔާގެ ކޯޗު އަލީ ސުޒޭން އާއި އީގަލްސްގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) އަދި ވެލެންސިއާގެ ކޯޗު މުހައްމަދު ޝާހިދު (ޝާޑު) އެވެ. ަ ހަވީރުގެ ޓްރޮފީއާ އެކު 15،000ރ. ހުށަހަޅާފައިވާ އެންމެ މޮޅު ރެފްރީގެ މަގާމަށް ވާދަކުރަނީ އަހުމަދު އަމީޒް އަދި ޝިފާން އަބްދުއްރަހީމެވެ. ހަވީރު ފުޓުބޯޅަ ޖަޖިން ޕެނަލްގައި ފުޓްބޯޅަ ކޯޗުންނާއި މެނޭޖަރުން އަދި ކުރީގެ ކުޅުންތެރިންނާއި ރެފްރީންގެ އިިތުރުން ނޫސްވެރިއެއް ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ