މާލޭގައިއުޅޭ ބަންގްލާދޭޝް ގެ ރައްޔިތުން މުޒާހަރާއެއް ކުރަނީ
ބަނގުލަދޭޝްގެ މުޒާހަރާގެ ބައިވެރިއެއް ފުލުހުންގެ ބެލުމުގެ ދަށުގައި (ފޮޓޯ އޭ.އެފް.ޕީ)މާލޭގައިއުޅޭ ބަންގްލާދޭޝް ގެ ރައްޔިތުން މިއަދު މުޒާހަރާއެއް ކުރަންއުޅޭކަމުގެ މައުލޫމާތު ލިބިއްޖެއެވެ.ބަންގްލާދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކުރަންއުޅޭ މި މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ހިނގާ ނުވަތަ ގާނޫނާ ޤަވާއިދާއި ޙިލާފްވާ އެއްވެސް ޒާތެއްގެ ކަމެއް ކުރާނަމަ މުޒާހަރާ ހުއްޓުވާ އަދި ޤާނޫނީފިޔަވަޅު އަޅާނެކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ހަވާލާދީ ބައެއް ނޫސްތަކުން ހާމަކުރެއެވެ.ބަންގްލާދޭޝްގެ ދީނީ ލީޑަރެއް ކަމަށްވާ ދިލްވާރު ހުސައިން ސައީދީގެ މައްޗަށް އެގައުމުގައި 1971 ވަނަ އަހަރު ޕާކިސްތާނާއި ދެކޮޅަށް ކުރި ހަނގުރާމައެއް ގައި މީހުންމެރުމާއި ތަންތަނުގައި ހުޅުޖެހުންފަދަ އިންސާނިއްޔަތާއި ޙިލާފް އެތައް ޖަރީމާއެއް ހިންގުމުގެ ކުށް ސާބިތުވެ އޭނާ މެރުމަށް ހުކުމް ކޮށްފައި ވާތީވެ ކޯޓުން ކުރި އެ ހުކުމަށް އިންކާރުކޮށް އެޤައުމުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އަދި މުޒާހަރާތަކުގައި އާއްމުންނާއި ފުލުހުންނާއި ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައި ވަނީ އެތަށް ބަޔަކު މަރުވެފައެވެ.މި މުޒާހަރަތަކަށް ތާއީދުކޮށް މާލެގައި ކުރަންއުޅޭ މުޒާހަރާ ހުއްޓުވައިދިނުމަށް ބަނގުލަދޭޝް ގެ ހައިކޮމިޝަނުން އެދީފައިވާތީ ފުލުހުންނަށް ވާނީ އެކަން އިލްތިމާސް ކޮށްފައި ކަމަށް ފޮރިން މިނިސްޓްރީއިން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ