ރައީސް މައުމޫނު ބޭސްފަރުވާއަށްފަހު މާލެ ވަޑައިގަންނަވައިފި

ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ދެ ކަނބަލުން ބޭސްފަރުވާއަކަށް އިންޑިއާގެ ކޮއިންބަތޫރަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރޭ މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސް މައުމޫނު ކޮއިންބަތޫރަށް ވަޑައިގެންނެވީ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މަހެއްހާ ދުވަހު އިންޑިއާގައި އުޅުއްވުމަށްފަހު ރޭ ރައީސް މައުމޫނު މާލެ ވަޑައިގެންނެވިއިރު، މައުމޫނު ރިފޯމް މޫމަންޓުގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ގޮސް ތިއްބެވިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައިވެސް ރައީސް މައުމޫނު ވަނީ މެލޭޝިއާއަށް ވަޑައިގެން ބޭސްފަރުވާ ކުރައްވާފައެވެ.
އެމްއާރުއެމްއިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ރައީސް މައުމޫނުގެ ތާއީދާއެކު ކެންޑިޑޭޓުންތަކެއް ނެރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ