ދިވެހި ރައްޔިތުން ހަވާލުކުރި މަސައްކަތަށް އެނބުރި އާދެވުމަކީ ލިބުނު އުފަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.
އަމީތު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
15 masdhuvahah fahu, Rayyithun havaalu kuri zimmaa ah enburi aadhvumakee libunu varah bodu ufaleh. #Alhamdulillah pic.twitter.com/HQ7FHZZTh8
— Mohamed Ameeth (@MohamedAmeeth) October 28, 2018
އެ ޓްވީޓްގައި އަމީތު ވިދާޅުވެފައި ވަނީ 15 މަސް ދުވަހަށްފަހު ރައްޔިތުން ހަވާލުކުރި ޒިންމާއަށް އެނބުރި އާދެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަމީތު މިހެން ވިދާޅުވިއިރު، އަމީތުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު އެވެ.
ގިނަ ދުވަސްތަކަކަށްފަހު މަޖިލީހުގެ ޖަލްސާތައް މިއަދު ފެށުނުއިރު، މިއަދުގެ ޖަލްސާ އަކީ އީސީ އިން އަމީތުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅިފަހުން އޭނާ ބައިވެރިވެރިވެވަޑައިގެންނެވި މަޖިލީހުގެ ފުރަތަމަ ޖަލްސާއެވެ.
ރައްޔިތުން ހަވާލުކުރި ޒިންމާއަށް އެނބުރި އާދެވުމަކީ ލިބުނު އުފަލެއް: އަމީތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ