ރިޔާސީ އިންތިޚާބަށް ނިކުތް ކޯލިޝަން އަދިވެސް ވަރުގަދަ ކަމަށާއި ކޯލިޝަން ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށް ފަތުރަނީ ބަޔަކު ވަކި މަގުސަދެއް ހާސިލުކުރުމަށް ދޮގު ވާހަކަތަކެއް ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމިއްލަ އަތޮޅަށް އާއިލާއާއެކު ގާސިމް ކުރައްވާ ދަތުރުފުޅުގައި އ.ދ ފެންފުއްޓަށް ވަޑައިގެން ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ޕާޓީން، ކޯލިޝަނާ ވަކިވެ ރައީސް ޔާމީނާ ގުޅެން އުޅޭ ކަމަށް ވާހަކަ ދެކެވެމުން ދާ ކަމަށެވެ.
ނަމަވެސް އެއީ އެއްވެސް ތެދެއް އޭގައި އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށާއި، ރައީސް ޔާމީނާ އެއްކޮށް ދެން މަސައްކަތެއް ނުކުރައްވާނެ ކަމަށް ގާސިމް ތަކުރާރު ކުރެއްވިއެވެ.
"އަޅުގަނޑު ދަންނަވާފަ އޮންނާނީ އަޅުގަނޑު އަބުދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް އަޅުގަނޑު ދެން ދުވަހަކުވެސް އެއްވެސް މަސައްކަތެއް ނުކުރާނެކަމަށް. އަޅުގަނޑު ދެންނެވިން އަބުދުﷲ ޔާމީނަށްވެސް އެމަނިކުފާނު ވެރިކަމަށް ގެނައުމަށްޓަކައި އަޅުގަނޑު އެއްވެސް މަސައްކަތެއް ނުކުރާނަމޭ. އަދި އަޅުގަނޑުމެން ޕީޕީއެމް މިއަދު އޮތްގޮތަށް އޮވެގެން އަޅުގަނޑުމެން ހަދާނެ ކޯލިޝަނެއްވެސް ނޯންނާނެކަން އަޅުގަނޑަށް ކަށަވަރު،"
ގާސިމް ވަނީ ސަރުކާރު ކޯލިޝަނުން ވަކިވެ، އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމަށް ފަހު ބޭއްވި ޖަލްސާއެއްގައި، އެކޮޅުކޮޅުން އެލުވާފައި ކާޅަށް ކޮށާ ކާން ދިނަސް، ދެން އަބްދުﷲ ޔާމީނާ ގުޅިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
ރޭގެ ޖަލްސާގައި ގާސިމް ވަނީ ވެރިކަން ބަދަލުކުރުމަށް އެމަނިކުފާނުގެ ހަނގު އަނބިކަނބަލުން އާއިޝަތު ނަހުލާ ކުރެއްވި މަސައްކަތް ފާހަގަކުރައްވައި އެކަމަނާއަށް ޝުކުރު އަދާކުރައްވާފައެވެ.
ކޯލިޝަން ވަރުގަދަ، މިތިބީ ސާބިތުކަންމަތީ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ