މޫސުން ގޯސްވެ، ހުވަދު އަތޮޅާއި އައްޑު އަތޮޅާ ދެމެދަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހުވަދު އަތޮޅާއި އައްޑު އަތޮޅާ ދެމެދަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާން ވަނީ އެ ސަރަހައްދަށް، ފަތިހު 04:30 އިން ހެނދުނު 10:30 ގެ ނިޔަލަށް ވައިޓް އެލާޓް ނެރެފައެވެ. މީޓިއޮރޮލޮޖީން ބުނި ގޮތުގައި އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
އޭގެއިތުރުން ރާއްޖޭގެ ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުންވެސް އެކަށީގެންވާ ކަމަށާއި އެހެން ހިސާބުތަކުގެ މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ވެސް މީޓިއޮރޮލޮޖީން ވަނީ ބުނެފައެވެ.
އެގޮތުން ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 03 – 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ