ރ.މީދޫއަށް ކަރަންޓު ދިނުމަށް ފެނަކައިން ބޭނުން ކުރަމުންދާ ޖަނަރޭޓަރުތަކަށް މައްސަލަތަކެއް ދިމާވެ، އެ މައްސަލަތައް ހައްލު ނުކުރެވި ދިގު ލައިގެން ދާތީ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.
މީދޫ ކައުންސިލު މެންބަރަކު މިރޭ ވިދާޅުވީ 2000 މީހުންގެ އާބާދީއެއް އޮންނަ އެރަށަށް ކަރަންޓު ދެމުން ދަނީ ތިން ޖަނަރޭތަރެއް ބޭނުން ކޮށްގެން ކަމަށެވެ. "400 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި 150 ކިލޯވަޓުގެ ދެ ޖަނަރޭޓަރު މިހުންނަނީ. އޭގެތެރެއިން 400 ކިލޯވަޓުގެ ޖަނަރޭޓަރަށް މައްސަލަތަކެއް ދިމާ ވެގެން ކަރަންޓުގެ ހިދުމަތް ބުރޫއަރަމުން ދަނީ،" ކައުންސިލު މެންބަރު ވިދާޅުވިއެވެ.
ކައުންސިލަރު ވިދާޅުވި ގޮތުގައި ކަރަންޓުގެ ދަތިކަން ކުރިމަތިަމުންދާތާ ދެ މަހެއްހާ ދުވަސް މިހާރުވަނީ ވެފައެވެ. "މިހާރު ކަރަންޓު ދެނީ ރަށުގެ އެކި ހިސާބުތަކަށް އެކި ވަގުތު. މުޅި ރަށަށް ދެވޭ ވަރުވަނީ ރޭގަނޑު 12 ގެ ފަހުން. ދެން މިރަށަކީ ކުރިން ފެނަކައިގެ ވެރިން ވެސް ޖަނަރޭޓަރު އާ ކުރާނެ ކަމަށް ބުނެފައިވާ ރަށެއް،" ކައުންސިލަރު ވިދާޅުވިއެވެ.
ކައުންސިލަރު ވިދާޅުވީ ރަށު ރައްޔިތުން މިރޭ ފެށި މުޒާހަރާ ފެނަކައިން ޖަވާބެއް ދެން ދެން ހުއްޓާލާފައިވާ ކަމަށެވެ.
ކަރަންޓުގެ މައްސަލަ ބޮޑުވުމުން ރ.މީދޫ ރައްޔިތުން މުޒާހަރާއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ