އަހަރެމެންގެ ކައިވެންޏަށް 6 އަހަރެވެ. 4 އަހަރުގެ ކުޑަ ދަރިފުޅަކުވެސް ހުރެއެވެ. އަހަރެންނަށް ކޮށްދޭންޖެހޭ ކަންކަން އަނބިމީހާ ކޮށްދެއެވެ. ނަމަވެސް އަހަރެންނާއި އަޅާލަން ޖެހޭވަރަށް އަޅައިލެވޭ ކަމަށް ޤަބޫލެއް ނުކުރެވެއެވެ.
އެހެންވެ އެހެން ކުއްޖަކު ދެކެ ލޯބިވާން ފެށުނެވެ. އޭނާ އަހަރެންނަށް ލޯބިދެއެވެ. އަހަރެންގެ ކަންކަމަށް އަޅައިލައެވެ. އެހެންވެ އަނބިމީހާގެ ކިބައިން އުނިވާބައި އޭނާގެ ކިބައިން ލިބޭނެ ކަމަށް ޔަޤީންކުރެވުނެވެ.
އެކަން އަނބިމީހާއަށް ފަޅާއެރުމުން ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހެން ފެށިއެވެ. ޒުވާބުވެސް ކުރެވެން ފެށިއެވެ. އެގޮތުން ކުރެވުނު ޒުވާބެއްގެ ތެރެއިން އަނބިމީހާ ދޫކޮށްލާފައި ލޯބިވެރިޔާއާއިއެކު ދިރިއުޅެން އޭނާގެ ގެއަށްދާން ނިންމީމެވެ.
ކާރުގައި އެގެއަށްދަނިކޮށް ފެނުނީ އެކްސިޑެންޓެއްވެގެން އުޅޭތަނެވެ. ފިރިމީހާ އޮތީ ވަރަށްބޮޑަށް ޒަޚަމްވެފައެވެ. އަނބިމީހާ ކައިރީގައި ހުރެގެން ވަރަށް ބާރަށް ރޮނީއެވެ. އެތަން ފެނުމުން މިސްރާބް ބަދަލުކޮށްލާފައި ދިއައީ އަަހަރެންގެ ރަޙްމަތްތެރިއަކު ހިންގާ ހޮސްޕިޓަލަކަށެވެ.
ގޮސް އެނާލައްވައި ލޯބިވެރިޔާއަށް ފޯނުކުރުވީމެވެ. "ތިބާގެ ލޯބިވެރިޔާ ވަރަށް ބޮޑު އެކްސިޑެންޓެއްވެގެން ގެނެސްފައި އެބައޮތް. މިނަމްބަރު ފެނުނީ އޭނާގެ ފޯނުން. "މައި ލަވް" ޖަހާފައި ސޭވްކޮށްފަ އިނީ. ހީވަނީ ގަދަވިނަމަވެސް މުޅި އުމުރަށްވެސް އޮންނަން ޖެހޭނީ ވާގިނެތް މީހެއްގެ ގޮތުގައި އެނދުގައިހެން."
އޭނާގެ ޖަވާބަކަށްވީ "މިއީ ނުބައި ނަމްބަރެއް. ދެން ނުގުޅާތި" އެވެ. ފޯނު ކަނޑާލުމުން އަލުން ގުޅިއިރު ނަމްބަރު ހުރީ ބްލޮކްކޮށްފައެވެ.
ރަޙްމަތްތެރިޔާ އަހަރެންގެ އަނބިމީހާއަށް ފޯނުކޮށްފައި ހަމަ އެ މެސެޖް ދިނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ ހުރީ ހޮސްޕިޓަލުގައެވެ. އެއިރު އަހަރެން އޮތީ ގައިމަތީގައި ބެޑްޝީޓްތަކެއް އަޅައިގެން ކޯމާއެއްގައި ކަމަށް ހެދިގެންނެވެ. އަނބިމީހާ އައިސް އެނދުގައި އިށީނދެ އަޑުން އަޑުނަގައި ރޯންފެށިއެވެ. އަދި ބުނަން ފެށިއެވެ. "އިބްރާހީމްއެވެ. އަހަރެން ތިބާދެކެ އިންތިހާއަށް ލޯބިވަމެވެ. އަަހަރެން ތިބާއަށް ފަރުވާކުޑަކުރީއެއް ނޫނެވެ. ދަރިފުޅު ބަލަމުން މަންމަގެ ކަންކަންވެސް ކުރަންޖެހުމުން ބުރަވީއެވެ. އެކަން ތިބާއަށް ނުވިސްނުނީއެވެ. ތިބާ ނެތް ދުނިޔެއެއް ބޭނުމެއްވެސް ނޫނެވެ. އަހަރެމެން ދެމައިން ދޫކޮށްލާފައި ނުދާށެވެ! އެނބުރިއަންނާށެވެ!"
އެހިސާބުން އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ. ރޮވިއްޖެއެވެ. ތެދުވެ ބައްދައިވެސް ލެވިއްޖެއެވެ. އަދި އަހަރެންނަށް ކަންކަން ކުރެވުނު ގޮތާއިމެދު މާފަށްވެސް އެދުނީމެވެ. އަދި ފޯނުކޯލުގެ ޙަޤީޤަތްވެސް ކިޔައިދިނީމެވެ. އަދި ދެން ދުވަހަކުވެސް އެހެން އެއްވެސް އަންހެނަކު ދެކެ ލޯބިނުވާނެ ކަމަށް ވަޢުދުވެސްވީމެވެ.
އެހިސާބުން ރަޙްމަތްތެރިޔާއަށް ޝުކުރުއަދާކޮށްފައި ކާރުގައި ގެއަށް ދިއައީއެވެ. ދިރިއުޅެމުން މިދަނީ ހަމަ ހިތްހަމަޖެހިގެން އުފަލުގައެވެ.
ޢިބްރަތްތެރި މިވާހަކަ ކިޔުމަށްފަހު އަނބިމީހާ ބައިންދާފަ އިތުރު ލޯބިވެރިން ހޯދާ ފިރިހެނުން އެކަން ކުރާނެތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ