އދ.ގެ އާންމު މަޖިލީހުގެ ރައީސް، އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފިއެވެ.ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޝާހިދު، ރާއްޖެ ވަޑައިގަތުމަށް ވަނީ ދައުވަތު ދެއްވާފަ އެވެ. އެ ދައުވަތަށް ޝާހިދު މިއަދު ރާއްޖެ ވަޑައިގެންނެވީ ހެނދުނުގެ ވަގުތެއްގަ އެވެ. އެއާޕޯޓުން ޝާހިދަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި އެމަނިކުފާނު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަނުގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓަމުން ދިޔުމަކީ ރާއްޖެ އދ.ގައި ބައިވެރިވުމަށްފަހު ފާއިތުވި މާޒީގައި ޚާރިޖީ ދާއިރާއިން ރާއްޖެއަށް ލިބުނު އެންމެބޮޑު ކުރިއެރުމެކެވެ.ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، އދ.ގެ ޢާންމު މަޖިލީހުގެ ރައީސްކަމުގެ ހުވާކުރައްވައި ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރިޔާސަތާ ޙަވާލުވެވަޑައިގެންފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. މިނިސްޓަރ ޝާހިދު ރިޔާސަތުގައި އިންނަވައިގެން ބޭއްވި އާންމު މަޖިލީހުގެ 76ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޤްރީރު ކުރައްވާފައިވަނީ ސެޕްޓެންބަރު މަހުގެ 21ވަނަ ދުވަހުގައެވެ.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ބައްދަލުވުމުގެ ހަވާސާގައި ޝާހިދާ ބައްދަލުރައްވައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ޝާހިދުގެ ދަތުރުފުޅު ނިންމަވާލައްވާނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ