ރާއްޖޭގެ ރައީސަކު އިސްލާމްދީނާ ދެކޮޅަށް ވާހަކަދެއްކުމަކީ ރައްޔިތުން ފަޟީހަތްކުރުން: ޝައިޙް އިމްރާން

ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ބޭރުދުނިޔޭގައި އިސްލާމް ދީނާ ދެކޮޅުވާހަކަތަކެއް ދެއްކުމަކީ ރާއްޖޭގެ ރައްޔިތުން ފަޞީހަތްކޮށް، ރާއްޖޭގެ އަގުވައްޓާލުން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.އާޓިފިޝަލު ބީޗުގައި މިރޭ ”ދީނާ ގައުމިއްޔަތުގެ ދިފާއުގައި“ މިނަމުގައި ފެށި ސިލްސިލާ މުޒާހަރާގައި ރާއްޖޭން ބޭރުގައި ހުންނަވާއި ފޯނުން މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދައްކަވަވުން ޝައިޙް އިމްރާން ވިދާޅުވީ ”ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލަށްވާފައިވާ، އެތައްދުވަހެއް ވަންދެން ރާއްޖޭގެ ރަޢީސް ކަން ކުރައްވާފައިވާ ބޭފުޅަކު އިސްލާމްދީނާ ދެކޮޅުވާހަކަތަކެއް ބޭރުދުނިޔޭގައި ދެއްކުމަކީ ރާއްޖޭގެ ރައްޔިތުން ފަޞީހަތްކޮށް، ރާއްޖޭގެ އަގުވައްޓާލުންކަމަށާއި އެހެންކަމުން މިދަޑިވަޅަކީ ރާއްޖެއާއި އިސްލާމްދީން ދެކެލޯބިވާ ހުރިހާ ރައްޔިތުން އެކުގަ ނިކުމެ ބޮޑެތި މަސައްކަތް ތަކެއް ކުރަންޖެހޭ ދަޑިވަޅެއްކަމަށް“ ޝައިޙް އިމްރާން ވިދާޅުވިއެވެ.”ރިޔާސީ އިންޙާބުގައި ނަޝީދުއަށް ފުރުސަތު ލިބިއްޖެނަމަ ރާއްޖެއާމެދު ކަންކުރާނެ ގޮތް އޭނާ އަމިއްލަޔަށް އިއުތިރާފް ވެ ހާމަކުރަމުން އެގެންދަނީކަމަށެވެ. އެހެން ކަމުން މިކަމާމެދު ފަރުވާކުޑަ ކުރެވެން ނެތް ކަމަށާއި ސިޔާސިގޮތުން ފައިދާއަކަށް އެދި ތިބެ އެކި ދިމަމާއަށް ދަތުރުނު ނުކޮށް އެންމެން އެކައްޗެއް ކިޔާ އެކީގައި މަސައްކަތް ކުރަން ދަސްކުރަން ވެއްޖެ“ މުޒާހަރާގެ ބައިވެރިންނާ ވާހަކަ ޝައިޙް އިމްރާން ވިދާޅުވިއެވެ.ޝައިޙް އިމްރާންގެ ވާހަކައިގައި އިތުރަށް ވިދާޅުވީ އަންނަ މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ އެއްވުމުގެ މަޢުޞޫއަށް “އިސްލާމްދީން ނައްތާލުމަށް ނަޝީދު ކުރާ މަސައްކަތް ހުއްޓުވާލުން” އިތުރުކޮށް 23 ޑިސެމްބަރ ފަދަ ދެވަނަ ދުވަހެއް ގެނެސް ދީނާ ޤައުމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެކަމެއް ކުރަން ތައްޔާރަށް ތިބި ދިވެހި ދަރީން މިދިވެހި ގައުމުގައި ތިބިކަން ދީނާ ޤައުމަށް ހިޔާނާތްތެރިވާ މީހުންނަށް ހާމަކޮއްދެވޭނެ ކަމަށެވެ.މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުން ފެށި އެ މުޒާހަރާ މަޖީދީމަގާއި އެހެނިހެން ބައެއް ބޮޑެތި މަގުތަކުގައި ކުރުމުން ގެންދިޔަ އިރު މުޒާހަރާގެ ބައިވެރީން ގޮވަމުން ދިޔައީ ރައީސް ނަޝީދު އެ ހުރީ އެއްފަހަރުން މުރުތައްދު ވެފައި ކަމަށާއި އެހެންކަމުން އޭނާގެ މައްޗަށް ވަގުތުން އެކަމުގެ ހުކުން ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި އެފަދަ މީހަކު ރާއްޖޭގެ ވެރިކަށް އައުމުގެ ފުރުސަތު ދެން ދިވެހީން ނުދޭނެ ކަމަށް ވެސް ގޮވަމުން ދިޔަ އެވެ.މި މުޒާހަރާގައި ހުރިހާ އުމުރު ފުރައަކުން ދެ ޖިންސުގެ މީހުން ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ