މިހާރު ރާއްޖޭގެ ސަރަހައްދަށް މިކުރަނީ ދެ މޫސުން ބެދޭ ދުވަސްވަރު ކުރާ ވިއްސާރަ: މެޓް

ސްރީލަންކާ ކައިރީ އުފެދު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ އޭގެ އަސަރު މިދެތިންދުވަހު ރާއްޖެއަށް ވަނީ ކޮށްފައެވެ. އެ ވިއްސާރާގައި ރާއްޖޭގެ 57 ރަށަކަށް ގެއްލުން ލިބިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މޭޖްމަންޓް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ތޫފާނުގެ އަސަރު މިހާރު ކެނޑިފައިވީ ނަމަވެސް އަދިވެސް ގަދަ ވަޔާއެކު ވިއްސާރަ ކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއެވެ. އަދި މިހާރު ރާއްޖޭގެ ސަރަހައްދުތަކަށް ކުރާ ވިއްސާރައަކީ ދެ މޫސުން ބެދޭ ދުވަސްވަރު ކުރާ ވިއްސާރަކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ.
މިއަދު ހެނދުނު 10 އަކުން ފެށިގެން މާދަމާ ހެނދުނު 10 އަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.
ސްރީލަންކާ ކައިރީ އުފެދު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ރާއްޖޭގެ ބައެއް ރަށްރަށަށް ގެއްލުންތަކެއް ލިބިފައިވާތީ އެރަށްރަށަށް މިހާރުވަނީ އެހީތެރިކަން ފޯރުކޮށްދޭންފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ