ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ސަސްޕެންޑްކޮށްފައި ވަނީ އުސޫލުތަކުގެ ބޭރުން ކަމަށް ގާނޫނީ ވަކީލު މައުމޫނު ހަމީދު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު އެންދެރިމާގޭގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މައުމޫނު ވިދާޅުވީ ޝަމީމާ މެދު އަޅާފައިވާ ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޝަމީމް ސަސްޕެންޑްކޮށްފައި ވަނީ އޭނާއާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅި ފަރާތުން ބުނި ބުނުމަކަށް އެ ފަރާތުން ވަކި ގޮތެއް އަންގަންދެން ކަމަށެވެ. ނަމަވެސް މައްސަލައެއްގައި ދެ ހަސްމުން ހަމަ ހަމަ ވާން ޖެހޭނެ ކަމަށާއި ޝަމީމް ސަސްޕެންޑް ކޮށްފައި ވަނީ ރަނގަޅު އަސާސެއްގެ މައްޗަށް ނޫންކަން އެނގޭ ކަމަށެވެ.
އޭގެ އިތުރުން ވެސް މައުމޫނު ހަމީދު ވިދާޅުވީ ވަކީލުން ސަސްޕެންޑްކުރަން ޖެހޭ ފަރާތުން އޭނާ ސަސްޕެންޑް ކުރިކަން އަދި އެނގިފައިނުވާ ކަމަށާއި ހަމައެކަނި ފެނިފައި ވަނީ ޖުޑިޝަލް އެޑްމިނިސްޓޭޝަނުން ނެރުނު ބަޔާނެއް ކަމަށެވެ.
ޝަމީމް ސަސްޕެންޑް ކުރެއްވުމާ ގުޅޭ ގޮތުން ރައީސް މައުމޫނު ދެކިވަޑައިގަންނަވަނީ އެއީ އެމަނިކުފާނު ދިފާއު ބިނާކުރެއްވުމަށް އެހީތެރިވެވަޑައިގަންނަވާ ބޭފުޅަކަށް ގޯނާ ކުރެއްވުމަށް ކުރެއްވި ކަމެއްގެ ގޮތުގައި ކަމަށް ވެސް މައުމޫނު ހަމީދު ވިދާޅުވިއެވެ.
"ޝަމީމްއަށް ލިބިވަޑައިގެންފައިވާ ހައްގުތަކުން މަހްރޫމް ކުރުވާފައި އަދި ރައީސް މައުމޫނަށް ލިބިވަޑައިގަންނަވާ ހައްގުތަކުން ރައީސް މައުމޫނު މަހްރޫމް ކުރެއްވުމަށް ކުރުވި ކަމެއް ކަމަށް މި ސިފަ ކުރައްވަނީ، އެ ކަމާމެދު ވަރަށް ކަންބޮޑުވެވަޑައިގަންނަވާ. އެ ސަސްޕެންޝަން ނިމުމަކަށް ގެނައުމަށް ރައީސް މައުމޫނު ގޮވާލައްވާ،" މައުމޫނު ހަމީދު ވިދާޅުވިއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ޝަމީމްގެ ސަސްޕެންޝަން ރަނގަޅެއް ނޫން: މައުމޫނު ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ