ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މާދަމާ ހަވީރު ތިނެއް ޖަހާއިރަށް ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.
ޝާހިދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެވިފައިވަނިކޮށް މާރޗް ދެވަނަ ދުވަހު އިސްކޮށް ހުންނަވައިގެން، ސޯސަންމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދަށް އެއްވެ އެ ސަރަހައްދުގެ އަމަން އަމާންކަން ނަގާލަ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރައްވާ މަގުމަތީގެ އާއްމު ޓްރެފިކަށް ދަތިވާ ގޮތަށް މުޒާރާކުރައްވާ އެ ސަރަހައްދުގެ އަމަން ބަލަހައްޓަން މަސައްކަތްކުރި ފުލުހުންގެ ދައުރަށް ހުރަސް އަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
Received a police summons for
3 pm tomorrow. President Yameen should understand that I will never bow to his attempts to intimidate. #StateOfEmergency #MaldivesInCrisis pic.twitter.com/tXuuYN05xO
ޝާހިދު ފުލުހަށް ހާޒިރުވުމަށް އެންގުމުން ރާއްޖެއެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައިސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ދައްކަވާ ބިރަކަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށާއި ހައްޤު ގޮތުގައި ރައްޔިތުންނަށްޓަކައި އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.
މާރޗް ދެވަނަ ދުވަހުގެ މުޒާހަރާ އިން ހައްޔަރުކުރި މީހުން ފުލުހުން ދޫކޮށްލާފައިވާއިރު އެ ދުވަހު މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރު ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒް ހައްޔަރުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ އަބްދުﷲ ރިޔާޒް ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށެވެ. ފުލުހުން އަދި އޭނާ ދުލެއް ނުކުރެއެވެ.
ސަރުކާރުން ކުއްލި ނުރައްކާ އިއުލާން ކުރިފަހުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ އެކިއެކި އިހުތިޖާޖުތަކުގައި މީހުން ހައްޔަރުކުރެއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަބްދުﷲ ޝާހިދު ފުލުހަށް ހާޒިރުވުމަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ