އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އަހުމަދު އަޒީމް މިއަދު އައްޔަން ކުރައްވައިފި އެވެ.
އަހުމަދު އަޒީމް މީގެ ކުރިން ހުންނެވީ ހުޅުމާލެ ހޮސްޕިޓަލް ހިންގެވުމާ ޙަވާލުވެވަޑައިގެންނެވެ.
މީގެ އިތުރުން އަޒީމް ވަނީ ގިނަ ދުވަސްތަކެއް ވަންދެން އާސަންދަ ކުންފުންޏަށްވެސް ޚިދުމަތް ކުރައްވާފައެވެ. އޭނާ މީގެކުރިން ހުންނެވީ އާސަންދައިގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ.
އާސަންދައިގެ އެމްޑީއަކަށް މިހާތަނަށް ހުންނެވި ހަސަން އަލީ މަޤާމުން ވަކިކުރައްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
އާސަންދައިގެ އެމްޑީގެ މަޤާމަށް އަހުމަދު އަޒީމް އައްޔަނުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ