އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމްކުރެވޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ގުޅުމަށް ބުރުލެއް ނޭރުވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އދ. މާމިގިލީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި އިއްވެވި ބަޔާނުގައެވެ. އެ ބަޔާން އިއްވަވައިދެއްވީ، ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު ޔުމްނާ މައުމޫންއެވެ.
ރައީސް މައުމޫން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތައް ކުރަމުންދާ މަސައްކަތުގައި ތިބީ ވަރަށް ބަދަހި ގުޅުމެއްގައި ސާބިތުވެގެން ކަމަށެވެ. ގުޅުމަކަށް އެއްވެސް ކަހަލަ ބުރުލެއް އެއްވެސް ފަރާތަކުން ނޭރުވޭނެ ކަމަށާއި، ޢަޒުމަކަށް އެއްވެސް ފަރާތަކުން ގުޑުމެއް ނޭރުވޭނެ ކަމަށް ަރއީސް މައުމޫން ވިދާޅުވިއެވެ.
"ﷲ ގެ ވާގިފުޅާއެކު އަޅުގަނޑުމެންގެ މިގުޅުން، އަޅުގަނޑުމެންގެ އުންމީދުތަކާ ހަމައަށް އަޅުގަނޑުމެން ގެންގޮސްދޭނެއެވެ. އެއްބައިވަންތަ ކަމުގެ ސަރުކާރެއް، އާދެ! "ޔުނިޓީ ގަވަރމެންޓެއް" ޤާއިމު ކުރުމުގެ މަޝްވަރާތައް އަޅުގަނޑުމެން ހަތަރު ޕާޓީއިން މިހާރު ވަނީ ފަށާފައެވެ. އިރާދަކުރެއްވިއްޔާ މާލަސްތަކެއް ނުވެ އަޅުގަނޑުމެންގެ މި މަސައްކަތް ކާމިޔާބުވާނެއެވެ." ރައީސް މައުމޫން ވިދާޅުވި އެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމްކުރެވޭނެ، ގުޅުމަށް ބުރުލެއް ނޭރުވޭނެ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ