ރައްޔިތުން މަޖިލީހުގެ ސެކިއުރިޓީ ގާޑުން ވަޒީފާއަށް ނިކުންނަށް ފަށައިފި
ރައްޔިތުން މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހޮވި ފަންސަވީސް ސެކިއުރިޓީ ގާޑުން ވަޒީފާއަށް ނިކުންނަށް ފަށާފައިވާކަމަށް މަޖިލިހުގެ އިދާރާއިން ބުނެފިއެވެ.
ރައްޔިތުން މަޖިލިހުގެ އަމީން އާންމު އަހްމަދު މުހައްމަދު ވިދާޅުވީ އެބޭފުޅުން މަޖިލިހުގައި ސެކިއުރިޓީ ބަލަހައްޓާނީ ސާޖަންޓް އެޓް އާރމްސްގެ ދަށުންކަމަށެވެ. ނަމަވެސް އަދިވެސް މަޖިލީހުގެ ސެކިއުރިޓީ ސިފައިން ބަލަހައްޓަމުންދާކަމަށް ވެސް އަމީން އާންމު ވިދާޅިވިއެވެ.
މަޖިލީހުގެ ސެކިއުރިޓީން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން 267 މީހުން ކުރިމަތިލާފައިވެއެވެ. އަމީން އާންމު ވިދާޅުވީ ވަޒީފާ ލިބުނު 25 މީހުންނަކީ އެންމެ މަތިން މާކްސް ލިބުނު ފަންސަވީސް މީހުން ކަމަށެވެ.
ސެކިއުރިޓީންނަށް ނެގި މީހުންގެ އަސާސީ މުސާރައަށް މަހަކު ދިހަ ހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ އަދި ސާވިސް އެލަވަންސްގެ ގޮތުގައި ތިންހާސް ފަސްސަތޭކަ ރުފިޔާ ލިބޭނެއެވެ. އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި ސަތޭކަ ރުފިޔާ އާއި އެކު ޖުމްލަ ސާދަހާސް ތިންސަތޭކަ ފަންސާސް ރުފިޔާގެ މަހު މުސާރައެއް އެފަރާތްތަކަށް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ