ރިހެބިލިޓޭޝަން އަމުރުގެ ދަށުން އިތުރުދެ މީހަކު ފަރުވާ ފުރިހަމަ ކުރުމުން މިނިވަން ކޮށްފިއެވެ. އެދެމީހުން މިނިވަން ކުރެވުނީ އެއްވެސް ޝަރުތަކާއި ނުލާ ކަމަށް ޑްރަގް ކޯޓުން މައުލޫމާތުދެއެވެ.
އެދެމީހުންނަކީ ނޭޝަނަލް ޑްރަގް އެޖެންސީގެ ކޮމިއުނިޓީ ސަރވިސް ސެންޓަރުން ހިންގި 06 މަސްދުވަހުގެ ކޮމިއުނިޓީ ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވެ ރީހެބިލިޓޭޝަން އަމުރާ އެއްގޮތަށް ފަރުވާ ފުރިހަމަކޮށްފައިވާ ދެމީހުން ކަމަށް އެކޯޓުން ބުނެއެވެ.
އެދެމީހުން މިނިވަން ކުރުމަށް ހުކުމް ކޮށްފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ފަހުގެ ހުކުމްކުރާއިރު، ފަރުވާހޯދާފަރާތުގެ މައްޗަށް ކޮށްފައިވާ ފުރަތަމަ ހުކުމް ބާތިލުކުރަންޖެހޭތީ، ފަހުގެ ހުކުމްކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ފުރަތަމަ ކޮށްފައިވާ ޖަލަށްލުމުގެ ހުކުމްބާތިލުކުރުމާއެކުއެވެ.
އެދެމީހުންނާ އެކު މިހާތަނަށް ފަރުވާ ޕްރޮގުރާމު ފުރިހަމަ ކުރުމުން ދޫކޮށްލާފައިވަނީ ފަސް މީހުންނެވެ.
ޑްރަގް ކޯޓުން އިތުރު ދެމީހަކު މިނިވަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ