ފަލަސްތީނުގެ މުސްލިމުންނަށް ހަމްދަރުދީވެ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން "ފަލަސްތީނާއި އެކު ބަނޑިދޫ ރައްޔިތުން" ނަމުގައި އެ ރަށުގައި ހިނގާލުމެއް ބާއްވައިފި އެވެ.
މި ހިގާލުން ފެށީ މިއަދުގެ އީދުނަމާދަށް ފަހު ބަނޑިދޫ ކައުންސިލް އިދާރާ ކުރިމަތިން އެ ރަށުގެ ބޮޑެތި ހުރިހާ މަގުތަކެއްގަ އެވެ.
ހިނގާލުމުގައި ފިތުރުއީދާއި ގުޅިގެން އުފާ ފާޅުކުރި ނަމަވެސް ފަލަސްތީންގެ ހާލުގައިޖެހިފައިވާ ލޮބުތި މުސްލިމުންގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރުމާއި އަދި ފަލަސްތީނާއި އެކު ތިބިކަން ހާމަކުރަން މިއަދު ވަނީ އަޑު އުފުލާފަ އެވެ.
މި ހިނގާލުން ނިންމާލުމަށްފަހު ހާއްސަ ދުއާއެއް ވެސް ކުރި އެވެ.
ބަނޑިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ފަލަސްތީނުގެ ގާޒާ ފަންޑުގައި ބައިވެރިވުމުގެ ގޮތުން މިއަދުން ފެށިގެން 10 ދުވަސް ވަންދެން ފަންޑު ފޮއްޓެއް ހުޅުވާފައި ވާނެ ކަމަށާއި މިފަންޑަށް ލިބޭފައިސާ ގައްޒާ ފަންޑަށް ހަދިޔާ ކުރާނެ ކަމަށެވެ.
ގާޒާގެ މައްސަލައިގައި ބަނޑިދޫ ރައްޔިތުން އަޑު އުފުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ