"ލެޑް ޒެޕްލިން"ގެ މީގެ ކުރިން އަޑު އަހާފައި ނުވާ އަށް ލަވަ ހިމެނޭ އަލްބަމެއް ނެރެނީ!

މިހާރުގެ އުޅޭ ކުޑަކުދިންނަށް ފިޔަވާ "ލެޑް ޒެޕްލިން"އޭ ބުނުމުން ނޭނގޭނެ ބައެއް ނޫޅޭނެއެވެ. ހަތްދިހައިގެ އަހަރުތަކުގައި ހުރިހާ އެންމެންގެ ހިތްތައް ފަތަހަކޮށްފައިވާ ލެޑް ޒެޕްލިން އަކީ ލެޖެންޑަރީ ބޭންޑެކެވެ.
އެ ބޭންޑަކީ 1971 އާއި 1975 އާ ދެމެދު ދުނިޔޭގެ އެންމެ ބޮޑު ބޭންޑުންގެ ގޮތުގައި ބަލައިގަތް ބޭންޑެވެ. ނަމަވެސް ދިމާވި ކަންތައްތަކާ ހެދި ބޭންޑު ގިނަ ދުވަސްތަކެއް ނުވެ ރޫޅުނުއިރު އެ ބޭންޑުގެ ހުރިހާ މެމްބަރުން އެކުގައި ތިބެ އާ އުފެއްދުމެއް ނުނެރޭތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެން ނަމަވެސް ބީބީސީ އިން ހާމަކުރިގޮތުގައި ގިނަ ބައެއްގެ އުއްމީދުތައް އާވެގެން ދާނެ ހަބަރެއް ދީފައެވެ.
"ބީބީސީ ސެޝަން"ތަކުގެ ތެރެއިން ލެޑް ޒެޕްލިންގެ ގެއްލިފައިވާ މުޅިން އަޑު ނާހާ ލަވަ ތަކެއް ރިލީޒްކުރަން އުޅޭ ކަމަށް ވަނީ މިހާރު ހާމަކޮށްފައެވެ. އެގޮތުން މީގެ ކުރިން އަޑު އަހާފައި ނުވާ އަށް ލަވަ ހިމެނޭ މުޅިން އާ ލަވަތަކުގެ އަލްބަމެއް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ.
އެ ލަވަތަކަކީ 1969 އާއި 1971 އާ ދެމެދުގައި ރެކޯޑްކޮށްފައިވާ ލަވަތަކެއް ކަަމަށް ވަނީ ރިޕޯޓްތަކުން ހާމަކޮށްފައެވެ.
އެގޮތުން "ވަޓް އިޒް އެންޑް ވަޓް ޝުޑް ނެވަރ ބީ" އަދި "އައި ކާންޓް ކުއިޓް ޔޫ ބޭބީ"ގެ މީގެ ކުރިން އަޑު އަހާފައި ނުވާ ވާޝަންއެއް ވެސް އެ އަލްބަމްގައި އިންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ޖުމްލަ އަށް ޑިސްކު ހިމެނޭގޮތަށް ނެރޭ އަލްބަމްގައި އެ ބޭންޑުގެ އެންމެ މަގުބޫލު ލަވަ ކަމަށްވާ "ސްޓެއާވޭ ޓު ހެވެން" ހިމެނެއެވެ.
ބީބީސީ ސެޝަންގެ އެ އަލްބަމް ނެރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 16ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ